މަޖިލީހަށް ޑރ. ޔާސިރު ޤާޟީގެ އަޑު އިވޭނެބާ!: "ޖިންސީ ގޯނާކުރާ މީހުންނަށް ޢިބްރަތަކަށްވާވަރުގެ އަދަބު ނުދެވޭނަމަ ޤާނޫނުތަކުގެ ބޭނުމެއް ނެތް!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
މަޖިލީހަށް ޑރ. ޔާސިރު ޤާޟީގެ އަޑު އިވޭނެބާ!: "ޖިންސީ ގޯނާކުރާ މީހުންނަށް ޢިބްރަތަކަށްވާވަރުގެ އަދަބު ނުދެވޭނަމަ ޤާނޫނުތަކުގެ ބޭނުމެއް ނެތް!"

ދުނިޔޭގެ ޤައުމުތަކުގައި ހިނގާ ކޮންމެ ކަމެއް ރާއްޖޭގައިވެސް ހިނގާނެ ކަމަށް ބުނެލައި ނިންމާލަން ވަރަށް ފަސޭހަވެދާނެއެވެ. ނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކާއި ރާއްޖެއާއި ހުރި ތަފާތަށްވެސް ވިސްނާލަންޖެހެއެވެ. 

މާލެ ސިޓީ ފިޔަވައި އެހްނ ރަށްތަކަކީ ވަރަށް ކުދިކުދި ރަށްތަކެކެވެ. އާބާދީގެ ގޮތުންބަލައިފިނަމަ ރަށެއްގައި ދިރިއުޅެނީ އެހައިމެ މަދުމީސްކޮޅެކެވެ. އެންމެންހެން އެކަކު އަނެކަކަށް އެނގެއެވެ. ދެކެފަރިތައެވެ. ވީމާ ބޮޑެތި ބިޔަ، އާބާދީ އެތައް މިލިއަނުން ދިރިއުޅޭ ޤައުމުތަކުގައި ހިނގާ ހުރިހާ ކަމެއް ރާއްޖޭގައި ހިނގާކަށް ނުޖެހެއެވެ. 

އެފަދަ ބައެއް ކަންކަން ރާއްޖޭގައި ހިނގަމުންދަނީ ޤާނޫނު އަސާސީ އެކުލުވަލާފައިވާ ގޮތާއި ޤާނޫނުލްޢުޤޫބާތުގައި ކުށްތަކަށް ދޭން އޮންނަ އަދަބުކުޑަވުމާއި ޚާއްޞަކޮށް އިސްލާމީ ޝަރީޢާ ބަލައިގަންނަން ބޭނުންނުވުން ފަދަ ސަބަބުތަކެއް ހުރުމުންނެވެ.

ޖިންސީ ގޯނާކުރުމުގެ މައްސަލައަކީ ވެސް ހަމަ އެފަދަ ސަބަބުތައް ހުރުމުން ނުހުއްޓުވިގެން އުޅޭ ކަމެކެވެ. އެކަން ނުހުއްޓުވުމާއި ދުނިޔެއާއި އެޅުވުމުގެ ކުޑަވެސް ބޭނުމެއް ނެތެވެ. އެކަންކަން ނުހުއްޓުވިގެން އުޅެނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތަކުގެ ބަލިކަށިކަމުންނެވެ. ޖިންސީ ގޯނާކުރުމަކީ ފަސާދަކުރުންކަމުގައިވާއިރު ފަސާދަކުރާ މީހުންނަށް ދޭން އިސްލާމް އިސްލާމްދީނުގައި އޮތް އަދަބުނުދޭތީއެވެ. 

މިކަމުގައި ޑރ. ޔާސިރު ޤާޟީ ވިދާޅުވެފައިވާ ބަސްފުޅުގައި އެވަނީ މިބަޔާންކުރެވުނު ވާހަކަތަކެވެ. 

އިސްލާމް ދީނަށް ބަލައިފިނަމަ އެންމެހައި މީސްތަކުންގެ، ޚާއްޞަކޮށް ޢާއިލާގެ ޙައްޤުތައް ޙިމާޔަތްކުރުމަކީ އެންމެ އިސްކަންދޭންޖެހޭ 5 ޙައްޤުގެތެރެއިންވާ ޙައްޤެކެވެ. އިސްލާމީ ޝަރީޢަތުގައި ޢާއިލާގެ ޙައްޤުތައް ޙިމާޔަތްކުރަން އެހައިބޮޑު އިސްކަމެއް ދީފައި އެވަނީ އެހެންވެގެންނެވެ. 

ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމާއި ޖިންސީ ގޯނާކުރުމަށް ބޮޑެތި އަދަބުތަކެއް އިސްލާމް ދީނުގައި ކަނޑައަޅުއްވަވާފައި އެވަނީ އެ ސަބަބަށްޓަކައެވެ. ވީމާ އެފަދަ ކުށެއްކޮށްފި މީހަކަށް ދެވޭ އަދަބަކީ އެކުށްކުރުން ހުއްޓުވޭފަދަ ބޮޑު އަދަބަކަށްވާންޖެހޭނެއެވެ. ލުއި އަދަބަކަށްވެގެން މީސްތަކުންގެ ޙައްޤު ޙިމާޔަތެއް ނުކުރެވޭނެއެވެ. 

ޖިންސީގުޅުން ހިންގުމާއި ޖިންސީ ގޯނާކުރުމުން ދޭންވީ އަދަބުތައް ރަސޫލް () ވަނީ އެތައްފަހަރަކު ޙަދީޘްފުޅުކުރައްވަވައިފައެވެ. އަދި އެފަދަ ޢަމަލެއްކޮށްފިނަމަ އެމީހަކަށްވަނީ ޙައްޤު  އަދަބުވެސް ދެއްވަވައިފައެވެ. 

ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އެހެންކަމާއިއެކުވެސް އެއިރުވެސް ކިތަންމެ މަދުންނަމަވެސް އެފަދަ އަނިޔާވެރިކަންކަން ކުރެވުނުކަމެވެ. އަންހެނުންގެ ކަރާމާތަށް އަރައިގަނެވުނުކަމެވެ. އެކަމުން އެނގެނީ ޝައިޠޯނާގެ ބަހަށް ހެއްލި ނުބައި އަމަލުތައް ކުރާނެ ބައަކު އަބަދުވެސް އުޅޭނެކަމެވެ. ވީމާ މިޒަމާނުގައި އެފަދަ ޢަމަލުތައް ކުރުން ގިނަވާނެކަމެވެ. މައިގަނޑު ސަބަބަކީ އެފަދަ ޢަމަލެއް ކުރުމުން ދޭންޖެހޭ އަދަބު އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ނުދެވޭކަމެވެ. 

އަންހެނުން ހެދުންލުމާއި އެނޫންވެސް ކަންކަމުގައި ރައްކަތެރިވާންޖެހޭނެއެވެ. ގެއިން ބޭރުގައި އުޅެންޖެހޭނީވެސް އިސްލާމްދީނުގައިވާގޮތުގެމަތިންނެވެ. ގެއިން ނުކުނަންނަޖެހޭ ކަންކަމުގައި ނޫނީ ނުކުތުމެއް ނެތެވެ. އެންމެ ރަނގަޅުގޮތަކީ ތިމާއަށް ރައްކައުތެރިކަން ދޭނެ މީހަކާއިއެކު ގެއިން ބޭރަށް ދިއުމެވެ.

އަދި ކިތަންމެ ވަރަކަށް ރައްކައުތެރިވި ނަމަވެސް ނުބައި އަމަލުތައް ކުރާމީހުން އެކަން ކުރާނެއެވެ. ވީމާ އަނހެން މީހާގެ ކުށެއްނެތި އެކަނބަލުންނަށް އެހެން މީހުން ކުރާ އަނިޔާ އާއި ގުޅިގެން އެކަނބަލުން ބަދުނާމުނުކުރާށެވެ! އެކަންވާނީ ކުރެވޭ ފާފައަކަށެވެ!

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން