މައިންބަފައިން ދަރިން ތަފާތުކުރާތީ އަބަދު ހިތާމައިގަ އުޅެންޖެހޭނަމަ ޢަމަލުކުރަންވީ ގޮތަކީ ކޮބައިތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މައިންބަފައިން ދަރިން ތަފާތުކުރާތީ އަބަދު ހިތާމައިގަ އުޅެންޖެހޭނަމަ ޢަމަލުކުރަންވީ ގޮތަކީ ކޮބައިތޯ؟

ސުވާލު: އުމުރު ފެށުނީއްސުރެ މަގޭ މަންމައާއި ބައްޕަ މަގޭ ދެކެ ނަފުރަތުކުރޭ. ދިނިއްޔާ ދީފަ ހުރީ ހުސް ހިތްދަތިކަން. މިހާރު އުމުރުން 34 ވީ. ހާލަތު ހުރި ގޮތުން އެ މީހުންގެ ގެދޮރުގައި އުޅެން ޖެހެނީ. އެކަމަކު ފިރިހެން ދަރިން ވަރަށް ތަފާތުކުރޭ. ހިތްދަތިވާހާ ގޮތްގޮތަށް އެއްޗެހިކީމަ ދެން ކެތްނުވެގެން އަޑުލައި ޒުވާބުކުރީމާ އަހަރެން ވަރުގެ ގޯސް މީހެއް ނެތް. ހަދާނެ ގޮތް ހުސްވެއްޖެ. މި ކަމުން ސަލާމަތްވާން މަރުވާން އެތައް ފަހަރަކު ހިތަށް އަރާ. އެކަމަކު އަޅުގަނޑަކީ ވަރަށް ވަރަށް ވަރަށް ފިނޑި މީހެއް. ކޮބާ މި ކަމަށް އޮތް ހައްލަކީ؟ 

ޖަވާބު: މައިންބަފައިންގެ ފަރާތުން ހިތްދަތިކަން ލިބިފައިވީ ނަމަވެސް އެ މީހުންނާ ޒުވާބުކުރަން ނުހަދާށެވެ. އެ މީހުން ގޯސްކޮށް ކުރި ކަމެއްގެ ޝަޒާ އެ މީހުންނަށް ލިބޭނެއެވެ. ނަމަވެސް އޭގެ ބަދަލުގައި ތި ފަރާތުން ވެސް އެ ގޮތަށް ކަންތައް ކުރީމާ ތި ފަރާތަށް ވެސް ލިބޭނީ ގެއްލުމެވެ. ވީމާ ކެތްތެރިކަން އިސްކޮށް، ﷲ ގެ ޙަޟްރަތުގައި ދުޢާކުރަމުން ގެންދާށެވެ. އިން ޝާ ﷲ ކޮންމެވެސް ދުވަހަކު ހައްލެއް ލިބޭނެއެވެ. 

އިތުރު ސުވާލެއް:

ސުވާލު: ދުނިޔެމަތީގައި މައިންބަފައިންނާ މެދު ނުބައިކޮށް ކަންތައްކުރާ ދަރީންނަށް އެކަން ދުނިޔެމަތީގައި ދައްކަވާނެ ކަމަށް އަޑުއަހަން. މި ކަން ސާފުކޮށްދެއްވަފާނަންތޯ؟

ޖަވާބު: ވަރަށް ގިނަ ފަހަރަށް އެ ގޮތަށް ވާ ތަން ވަނ ދުނިޔެމަތިން ފެނިފައި

- ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

 

 

 

މިއަދު އޮންލައިން