މުފްތީ މެންކް އެންމެ ބޮޑަށް ބިރުގަންނަކަންތަކަށް ދުނިޔޭގަ ތިބެ އަހަރެމެންނަށްވެސް ބިރުވެތިވެވިއްޖެނަމަ އާޚިރަތް ކާމިޔާބުކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
މުފްތީ މެންކް އެންމެ ބޮޑަށް ބިރުގަންނަކަންތަކަށް ދުނިޔޭގަ ތިބެ އަހަރެމެންނަށްވެސް ބިރުވެތިވެވިއްޖެނަމަ އާޚިރަތް ކާމިޔާބުކުރެވޭނެ! އިން ޝާ ﷲ

ތިރީގައި އެވަނީ އެންމެ ބޮޑަށް އަމިއްލަފުޅަށް ބިރުގަންނަ ކަންތައް ބަޔާންކުރައްވައި މުފްތީ މެންކް ދައްކަވާފައިވާ ވާހަކަފުޅެކެވެ. ދުނިޔޭގައި ތިބެ އަހަރެމެންނަށްވެސް އެކަމަށް ބިރުވެތިވެވިއްޖެނަމަ އަދި އެގޮތަށް ޢަމަލުކުރެވިއްޖެނަމަ އަހަރެމެންނަށްވެސް އާޚިރަތް ކާމިޔާބުކުރެވޭނެއެވެ! އިން ޝާ ﷲ

އަހަރެން އަބަދުވެސް އެންމެ ބޮޑަށް ބިރުގަންނަނީ އަހަރެންނާއި ﷲ ތަޢާލާ ސުވާލުކުރައްވަވާނެ ވަގުތަށެވެ. އެހެންވެ އަހަރެންގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ވަރަށް ގިނައިން ދުޢާކުރަމެވެ. އަދި އެހެން މީހުންނަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިވެސް ވަރަށް ގިނައިން ދުޢާކުރަމެވެ.  

އަހަރެން ދެކޭގޮތުގައި ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އެމީހާކުރ ޢަމަލުތަކާއިމެދު  ޤިޔާމަތް ދުވަހު ކުރެވޭ ސުާލުތަކަށް ޖަވާބުދިނުމެވެ. އެކަމުގައި އެއްވެސް އިންސާނަކު އިސްތިސްނާއެއް ނުކުރައްވަވާނެއެވެ! ހުރިހާ އެންމެންނަށް ޖެހޭނީ ހަމަ ކުރިމަތިލައި އެމީހަކު ކުރި ޢަމަލުތަކަކަށް ޖަވާބުދާރީވާށެވެ!

އަހަރެންގެ އެންމެ ބޮޑު އުންމީދަކީ އަދި ދުޢާއަކީވެސް ވީހައި ގިނަ ބައަކަށް ސުވަރުގެ ދެއްވެވުމެވެ. އަހަރެން މިކުރާ މަސައްކަތުން ފައިދާކުރާނީ ނިޞްބަތުން މަދު ބައަކަށެވެ. ވީމާ ވީހައި ގިނަ ބައަކު ސުވަރުގެ ވައްދަވައިދެއްވެވުން އެދި ވީހައި ގިނަ މީހުން މަސައްކަތްކުރަންވީއެވެ. ގިނަ މީހުންނަށް ސުވަރުގެ ވަދެވޭނީ ގިނަބައަކު އެކަމަށް މަސައްކަތްކޮށް އެކަމަށް ހޭލުންތެރިކުރުވަން މަސައްކަތްކުރިވަރަކުންނެވެ.   

ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ ވީހައި ގިނަ ބައަކު ގޮވައިގެން ސުވަރުގެ ވަނުމަށެވެ! އަދި ވީހައި ގިނަ މީހުން ސުވަރުގެ ވެއްދޭތޯ މަސައްކަތްކުރުމަކީ އެ މަސައްކަތްކުރާ މީހާއަށް ސުވަރުގެ ލިބުމަށްވެސް އޮތް އެންމެ ފަހި އެއް މަގެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން