ބައްޔަށް ޝިފާ ލިބެނީ ބޭހުންކަމަށް ހީކުރުމަކީވެސް ކުށެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ބައްޔަށް ޝިފާ ލިބެނީ ބޭހުންކަމަށް ހީކުރުމަކީވެސް ކުށެކެވެ!

އެއްވެސް ބޭހަކީ ޝިފާއެއް ނޫނެވެ. ބޭހަކީ ކޮންމެ ކަމަކަށްވެސް ސަބަބެއް މިންވަރުކުރައްވަވާފަދައިން ޝިފާލިބުމަށް ﷲ ތަޢާލާ މިންވަރުކުރައްވަވާ ސަބަބެކެވެ. ބޭހަކީ ޝިފާއެއް ނަމަ ނުވަތަ ބޭސްކެއުމަކީ ޝިފާ ލިބޭ ކަމެއް ނަމަ ބޭސްކާ އެންމެން ގަަދނުވަނީ ކީއްވެގެންހެއްޔެވެ؟ 

ހަމަޤައިމުވެސް ބޭސްކަނީ ކާކުކަމެއް ބޭހަކަށް ނުއެނގޭނެއެވެ. ވީމާ އެކިމީހުންނަށް ތަފާތު ކުރުމުގެ އެއްވެސް ބާރެއް އެއްވެސް ބޭހަކަށް ލިބިގެނެއް ނުވެއެވެ. ކިތަންމެ މޮޅު ޑޮކްޓަރުން ދީގެން ކިތަންމެ އަގުބޮޑު ބޭހެއް ކެއިނަމަވެސް ޝިފާލިބޭނީ ﷲ ތަޢާލާ ޝިފާ ދެއްވެވި އަޅަކަށެވެ.

ހަމައެއާއިއެކު ބޭސް ކެއިނަމަވެސް ގަަދ ނުވާނެ ކަމަށް ޑޮކްޓަރުން ކަނޑައަޅާ މީހުންނަށް ޝިފާލިބި ބަލިފަސޭހަވެއެވެ. އެކަމުންވެސް ޔަޤީންވަނީ ޝިފާ ދެއްވެވުމުގެ ހުރިހާބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ. ވީމާ ކިތަންމެ ކުޑަކުޑަ ހިނދުކޮލަކަށް ނަމަވެސް އެކަން ހަނޑާން ނައްތާލައިގެން ނުވާނެއެވެ. 

ޝައިޚް ޢަލީ ޒައިދުވިދާޅުވެފައިވެއެވެ.: 

ބަލިވެއުޅޭ، ނުވަތަ ބަލިވެ އުޅުނު މީހުންނާއި ޙާލުގެވާހަކައިން ސުވާލުކުރުމުން "ބޭސްކޭމަ މިހާރު ރަނގަޅު!" ކަމަށް ބުނުމަކީ އަޅުގަނޑުމެންގެ އާދައިގައި ހުރި ކަމެކެވެ. އެހެން އެބުނަނީ ރަނގަޅު ނިޔަތުގައިވެސް މެއެވެ. ނަމަވެސް އެގޮތަށް ބުނުމުން އެބުނެވެނީ ހަމަ ކުށްބަހެކެވެ. 

ރަނގަޅު ގޮތަކީ "ބޭސްކެއުން ﷲ ވާގިފުޅާއިއެކު މިހާރު ރަނގަޅެވެ." "ބޭސްކެއުމުން މިހާރު ރަނގަޅު! އިން ޝާ ﷲ" ފަދަ ޢިބާރާތެކެވެ. އެހެނީ ޝިފާ ލިބެނީ ބޭނުންކުރާ ބޭހަކުން ނޫނެވެ. ބޭހަކީ ހަމައެކަނި ސަބަބެކެވެ. ޝިފާ ދެއްވެވުން ވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ! ވީމާ މިއީ އިޞްލާޙްކުރުން ރަނގަޅު ބަސްތަކެވެ!"

--ޝައިޚް ޢަލީ ޒާހިރު 

"ބަލިވެގެން ޑޮކްޓަރަށް ދައްކަން ދަމުންވެސް، ދައްކާއިރުވެސް ޑޮކްޓަރަށް ތިމާގެ ބަލި ދެނެގަތުމުގެ ކުޅަދާނަކަން ޑޮކްޓަރަށް ދެއްވަވައި ތިމާއަށް ޝިފާލިބޭނެ ފަރުވާއެއް ދިނުމުގެ ކުޅަދާނަކަން ޑޮކްޓަރަށް ދެއްވަވާނދޭވެ! މިފަދަ ދުޢާތައް ކުރަންވާނެއެވެ! ޝިފާ ލިބެނީ ޑޮކްޓަރުގެ މޮޅުކަމުން ނުވަތަ ޑޮކްޓަރު ދޭ ބޭހުގެ މޮޅުކަމަކުން ނޫނެވެ! ޝިފާލިބޭނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ!"

- މުފްތީ މެންކް 

ޝިފާ ލިބެނީ ޑޮކްޓަރުންނާއި ބޭހުން ކަމަށްވާނަމަ އެއްވެސް ބައްޔަކަށް ޝިފާދިނުން ނުވަތަ އެއްވެސް ބައްޔަކުން އެއްވެސް މީހަކު ސަލާމަތްކުރުމުގެ ބާރު އެއްވެސް އިންސާނަކަށް ލިބިގެންވާނަމަ ދުނިޔޭގެ އެންމެ ބޮޑެތިވެރިން، އެންމެ މުއްސަނދި ބިލިއަނަރުންނަށް އެމީހުންގެ އެންމެ ޒުވާން އުމުރުގައި ދުނިޔޭގެ އެންމެ މޮޅު ޑޮކްޓަރުން އެންމެ އަގުބޮޑު ބޭހާއި ފަރުވާދެމުންދަނިކޮށް އެޑޮކްޓަރުންގެ ކުރިމަތީގައި ދުނިޔެ ދޫކޮށް މަރުވަނީ ކީއްވެގެން ހެއްޔެވެ؟ 

"ރަޙްމަތް ލެއްވެވީ ﷲ ތައާލާކަން ދުލުން ނުބުނި ނަމަވެސް ހިތުގައި އޮވެއެވެ." މިފަދައިން ބުނާ މީޙުން ވަރަށް ގިނައެއްވެ. ނަމަވެސް މިއީ ވެސް ބުނެގެންވާނެ ބަހެއް ނޫނެވެ. ނޫނެވެ. އަދި ޤަބޫލުކުރެވޭނެ ވާހަކައެއްވެސް ނޫނެވެ. ހިތުގައި އޮންނަނަމަ ދުލުން ނުބުނެވެންވީ ކީއްވެގެންހެއްޔެވެ؟ އަހަރެމެންނަށް އޮތީ ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމެވެ. ޝުކުރުވެރިވުމެވެ. އެކަން ދުލުން ހާމަކުރަންޖެހޭނެއެވެ."

މިއީ ވެސް ދުނިޔޭގެ ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތަކެވެ.

މިއަދު އޮންލައިން