ޞަޙާބީން ދަމުނަމާދަށްފަހު އެންމެ ގިނައިން ދުޢާކުރެއްވެވި 3 ކަންތައް-!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޞަޙާބީން ދަމުނަމާދަށްފަހު އެންމެ ގިނައިން ދުޢާކުރެއްވެވި 3 ކަންތައް-!: ޝައިޚް އަބޫބަކުރު ޒައުދު

ޞަޙީބީބޭކަލުންނަކީ ﷲ ތައާލާއަށް ބިރުވެތިވެވަޑައިގަތުމާއި އިސްލާމް ދީނަށް ޢަމަލުކުރެއްވުމުގައި އެންމެ ފުރިހަމަ ނަމޫނާ އެވެ. އެބޭކަލުންގެ ހުރިހާ ސަމާލުކަން އިސްލާމް ދީނަށް ދެއްވެވި ބޭކަލުންނެވެ. ރޭއަޅުކަން އެންމެ ގިނައިން ކުރެއްވެވި ބޭކަލުންނަކީވެސް ހަމައެބޭކަލުންނެވެ. 

މިހުރިހާ ކަންކަމާއިއެކުވެސް އެބޭކަލުން މުޅި ރޭގަޑު ދަމުނަމާދުގައި ހޭދަކުރެއްވެވުމަށްފަހުގައިވެސް އެންމެ ގިނައިން ދުޢާކުރެއްވެވީ: 

- ނަރަކައިން ސަލާމަތްކުރައްވަވައިދެއްވެވުން އެދިވަޑައިގެންނެވެ.

- ސުވަރުގެ ދެއްވެވުން އެދިވަޑައިގެންނެވެ.

- އީމާންކަންމަތީގައި ޘާބިތުކަން ދެއްވެވުން އެދިވަޑައިގެންނެވެ.

- ޚާއްޞަކޮށް ނަރަކައިން ސަލާމަތްކުރައްވަވައިދެއްވެވުން އެދިވަޑައިގެންނެވެ. 

މިކަމުން އެނގިގެންދަނީ އިސްލާމް ދީނުގައި އެހައިވަރަށް، އެހައި ބޮޑަށް ޘާބިތުވެތިއްބެވިއިރުވެސް އެބޭކަލުންގެ ހިތްޕުޅުގައި މިކަންކަމަށް އޮތްބިރުވެރިކަމުގެ ބޮޑުކަމެވެ. ނަރަކައިގެ ޢަޛާބަށް ބިރުވެތިވެވަޑައިގަންނަވާ މީންވަރެވެ. 

އެބޭކަލުންނާއި އަލާބަލައިފިނަމަ އަހަރެމެންނަށް ﷲ ތަޢާލާއަށް ބިރުވެތިވެވެނީވެސް އިސްލާމް ދީނަށް ޢަލަމުކުރެވެނީވެސް އަޅުކަން ކުރެވެނީވެސް ކިހައި ކުޑަކުޑަމިންވަރަކަށްކަން ނިކަން ހިތަށް ގެނެސްބަލާށެވެ. ޛައްރެއްގެ މިންވަރަށް ކަމުގައި ބުނިނަމަވެސް ދޮގަކަށްވާނެހެއްޔެވެ؟ 

ވީމާ ދަމުނަމާދަށްފަހުވެސް އަދި އަބަދުވެސް ކުރާދުޢާގައި ނަރަކައިން ސަލާމަތްކުރައްވަވައިދެއްވެވުން އެދި ދުޢާކުރުން ގިނަކުރަންވާނެއެވެ. ނަރަކައިން ސަލާމަތްވެވިއްޖެނަމަ އެއޮތީ ސުވަރުގެ ކާމިޔާބުކުރެވިފައެވެ. ހުރިހާ ނިޢްމަތްތަކެއް ލިބިފައެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން