އަންހެނުންނާ ފިރިހެނުން "ބެސްޓް ފްރެންޑުން"ނަށްވުން އިސްލާމް ދީން ހުއްދަކުރޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އަންހެނުންނާ ފިރިހެނުން "ބެސްޓް ފްރެންޑުން"ނަށްވުން އިސްލާމް ދީން ހުއްދަކުރޭތަ؟

އިސްލާމް ދީނުގައި އަންހެނުންނާއި ފިރިހެނުންނަށް "ބެސްޓް ފްރެންޑުން"ނަށް ވެވިދާނެތޯ ގިނަ ބައަކު ސުވާލުކުރެއެވެ. ޖަވާބަކީ އާނއެކެވެ! ވެވިދާނެއެވެ. ނަމަވެސް ހިލޭ އަންހެނަކާއި ފިރިހެނަކުނަމަ ކައިވެންޏަށްފަހުގައެވެ. ކައިވެންޏަށްފަހު ވާނީ ހަމައެކަނި "ބެސްޓް ފްރެންޑުންނަކަށް" ވެސް ނޫނެވެ. އަނބިމީހާގެ ބެލެނިވެރިކަންވެސް ފިރިމީހާއަށް ލިބޭނެއެވެ. 

ވީމާ ހޯދަން މަސައްކަތްކުރަންވީ ބެސްޓް ފްރެންޑެއް ނޫނެވެ. ވަފާތެރި އަންތބެކެވެ. އޯގާތެރި ފިރިއެކެވެ. ދެދުނިޔެ ކާމިޔާބުކޮށްދޭނެ ބައިވެރިއެކެވެ. އެހެންކަމުން ބަލައިލަންވީ އެކަމުގައި ރަސޫލް () ބަޔާން ކުރައްވަވާފައިވާ ބަސްފުޅަށެވެ. 

ރަސޫލް () ހަދީޘްފުޅު ކުރައްވަވާފައިވަނީ އަންހެނެއްގެ ކައިވެންޏަށް އެދޭނީ 4 ސަބަބަކަށްޓަކައި ކަމަށެވެ. އެއީ އޭނާގެ މާލީ ތަނަވަސްކަމާއި، އޭނާގެ ރީތިކަމާއި އޭނާގެ ހަސަބުގެ (ޢާއިލާގެ) މަތިވެރިކަމާއި އޭނާގެ ދީންވެރިކަމެވެ. 

ވީމާ ބާއްޖަވެރިކަމާއި އުފާވެރިކަމާއި ކާމިޔާބު ދިރިއުޅުމަކަށް އެދޭނަމަ ދީންވެރި، ތަޤްވާވެރި ބައިވެރިއަކު އިޚްތިޔާރުކުރާށެވެ. 

އިސްލާމްދީނަކީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި އެކުވެރިކަމާއި ރަޙްމަތްތެރިކަމާއި ގާތްކަން އޮތުމަށް ހުރަސްއަޅާ ދީނެއް ނޫނެވެ. ހަމައެކަނި އަމަލުކުރަން އޮތީ ޤަވާއިދުތަކެކެވެ. ޙުކުމްތަކެކެވެ. ހިފަހައްޓަންޖެހެނީ ﷲ ތަޢާލާ ކަނޑައެޅުއްވެވި އިންތަކުގައެވެ. 

ހިލޭ އަންހެނަކާއި ފިރިހެނަކު ނަމަ ކިތަންމެ ގާތް އެކުވެރިކަމެއް އޮތްނަމަވެސް އެކަހެރިކޮށް ބައްދަލެއް ނުކުރެވޭނެއެވެ. އަދި ޢައުރައަށް ރައްކައުތެރިވާންޖެހޭނެއެވެ. ހަށިގަނޑުގައި އަތްލައިގެން ނުވާނެއެވެ!

 

- އިމާމް މާޒިން ޢާދިލް 

މިއަދު އޮންލައިން