ތަނަވަސް ފިރިމީހާ ބަދުނާމުކޮށް ތާށިކުރުވަން ކުރި މަސައްކަތް ފަޅާއެރުމުން ހަތިޔާރަކަށް ބޭނުންކުރި ފަޤީރު އަންހެންކުއްޖާއަށް ތަނަވަސް ފިރިމީހާ ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ތަނަވަސް ފިރިމީހާ ބަދުނާމުކޮށް ތާށިކުރުވަން ކުރި މަސައްކަތް ފަޅާއެރުމުން ހަތިޔާރަކަށް ބޭނުންކުރި ފަޤީރު އަންހެންކުއްޖާއަށް ތަނަވަސް ފިރިމީހާ ލިބުނު ގޮތުގެ ވާހަކަ-

އެދެމަފިރިންނަކީވެސް ވަރަށް ލޯބިން އެކުވެރިކަމާއިއެކު ދިރިއުޅެމުން އައި ދެމަފިރިންނެވެ. ފިރިމީހާއަކީ އަމިއްލަ 3 ކުންފުނި ހިންގާ ތަނަވަސް މީހެކެވެ. އެއްދުވަހު ހެނދުނު ނިދައި ހޭލެވުނީ އަނބިމީހާ އަޑުގަދަކުރާއަޑަށެވެ. އެއިރު ފިރިމީހާގެ ގާތުގައި ހިލޭއަންހެނަކު އޮތެވެ.

ފިރިމީހާއަށްވެސް އެއަންހެންމީހާއަށްވެސް ލިބުނީ ޙައިރާންކަމެކެވެ. އެއަންހެންމީހާ ކޮޓަރިއަށް ވެއްދީ ފިރިމީހާއެއް ނޫނެވެ. އަންހެން މީހާއަށް އެތަނަށް ވަދެވުނު ގޮތެއް އަނހެންމީހާއަކަށް ނުއެނގެއެވެ. ނަމަވެސް ދެއްކޭނެ ވާހަކައެއް ނެތެވެ. މަންޒަރު މިވަނީ ފެނިފައެވެ. 

އެކަންހިނގިގޮތެއް އޮޅުންފިލުވަން ކުރި މަސައްކަތުގެ ތެރެއިން އަނބިމީހާއަށް ސިއްރުން މުޅިގޭގައި ކެމެރާ ހަރުކުރިއެވެ. ކެމެރާތަކުގެ އެހީގައި ކަމެއް ފެނޭތޯ ފިރިމީހާ މަސައްކަތްކުރަމުން ދަނިކޮށް އެއްދުވަހަކު ފެނުނީ އޭނާގެ އެންމެ ގާތް މީހެއްގެ ގެންގުޅޭ މުވައްޒިފް އަދި އެކުވެރިޔާ އާއި އަނބިމީހާއާއި ދެމީހުން ބައްދައި ލޯބިކުރަނިކޮށެވެ. 

ފޯނުން މަންޒަރުފެނުމުން އަވަސްއަވަހަށް ގެއަށް އައިސް ދޮރުހުޅުވާލުމުން ފިރިމީހާއަށް މަންޒަރު ފެނިއްޖެކަން އެނގުމުން އަނބިމީހާ ކަންބޮޑުވެ ރޯންފެށިއެވެ. އަދި އެކުވެރިޔާއަށް އޭނާގެ ވަޒީފާ ގެއްލޭނެކަން އެނގުމުން ވަރަށް ދެރަވިއެވެ. އެވަގުތު ފިރިމީހާ ސުވާލުކުރީ އެދެމީހުން ކުރިކަންތަކާއި ބެހޭ ގޮތަކުން ނޫނެވެ. އެކުވެރިޔާގެ ގާތުން އެދުނީ އޭނާ ނިދާފައި އޮއްވާ ކޮޓަރިއަށް އަނހެނަކު ވެއްދި ގޮތާއި އެއީ ކިހިނެއް ހިނގިކަމެއްކަން ކިޔައިދިނުމަށެވެ. 

އޭނާ ކިޔައިދިނެވެ. އެކަން ރޭވީ އަނބިމީހާއެވެ. އަންހެން ކުއްޖާ ގެނައީ ރެސްޓޯރަންޓަކަށް ކާން ގޮސް އިންދާ އެތަނުގެ ވެއިޓަރުން ލައްވާ އޭނާގެ ޖޫސްތަށްޓަށް އެއްޗެއް އަޅުވައި ވާނުވާ ނުއެނގޭނެ ގޮތްހަދައިގެންނެވެ. އެކަންކުރި މަޤްޞަދެއްކަމަށް ބުނީ އަނބީމާ އާއި އޭނާ އާއި އޮންނަ ގުޅުން ފަޅާއެރިނަމަވެސް ފިރިމީހާއަށް އަނގައިން ނުބުނެވޭނެގޮތަށް ދަށުކޮށްލާފައި ބެހެއްޓުން ނުވަތަ ބްލެކްމޭލްކުރަން ކަމަށެވެ." 

ފިރިމީހާ ބުންޏެވެ. "އެހެންވީމާ އަހަރެން މިހުރީ ވޗަރަށް ރަނގަޅަށް ބްލެކްމޭލްވެގެންނެވެ. އަނބިމީހާ ތިހުރީ ވަރިކޮށްފައެވެ. ހަމަމިހާރު މިގެއިން ނުކުމެގެންދާށެވެ! ކަލޭ ތިއަހުރީ ހުރީ ހުރިހާ ވަޒީފާތަކުން ވަކިކޮށްފައެވެ. އަހަރެންގެ އެއްވެސް އޮފީހަކާއިވެސް އަދި މިގެއާއިވެސް ދުވަހަކުކޮޅުންވެސް ކައިރިވެގެންވެސް ނުވާނެއެވެ! ރަނގަޅަށް ބްލެކްމޭލް ކުރެވިއްޖެ ނޫންހެއްޔެވެ؟" 

އެހިސާބުން އޭނާ މަސައްކަތްފެށީ އެރޭ އޭނާ ގެ ގާތުގައި ނިންދެވި ކުއްޖާ ހޯދުމަށެވެ. އެތައް މަސައްކަތެއްކޮށްގެން އަނހެންކުއްޖާ ހޯދިއިރު އޭނާއަކީ ވަރަށް ފަޤީރު ޢާއިލާއެއްގެ ކުއްޖެކެވެ. މައިންބަފައިންވެސް ނިޔާވެ ވަރަށް ނިކަމެތިޙާލެއްގައި ހުރި ކުއްޖެކެވެ.

އެރޭގެ ކަންކަން ހިނގައިދިއަގޮތުގެ ވާހަކަ ކިޔައިދީފައި އޭނާ ހުށަހެޅީ އޭނާ އާއި ކައިވެނިކުރުމަށެވެ. އަންހެންކުއްޖާ އެކަން ޤަބޫލުކުރުމުން ކައިވެނިކުރީއެވެ. އޭނާ ބަދުނާމުކުރަން ކުރި މަސައްކަތުގެ ސަބަބުން ލިބުނު ހިތްދަތިކަމުގެ ބަދަލުގައި ތަނަވަސްމީހަކާއި ކައިވެނިކުރެވި ބޮޑު އުފާވެރިކަމެއް ލިބުނީއެވެ. ތަނަވަސް މީހާއަށްވެސް ހެޔޮލަފާ އަޚްލާޤް ރަނގަޅު އަންތބަކުލިބުނީއެވެ.

މިއީ އަޅުގަނޑު ބެލި ފިލްމެކެވެ. މިފިލްމާއި އަޅުގަނޑުގެ ޙަޔާތާއި ވަރަށްބޮޑަށް ގުޅުން އެބަހުއްޓެވެ. އެއީ އަޅުގަނޑުގެ އަލަތު ކައިވެނި ރޫޅެންޖެހުނީ ހަމަ އެކުވެރިންތަކެއް އަޅުގަނޑަށް ދިން މިފަދަ ލަނޑަކުން ކަމަށްވާތީއެވެ. ކައިވެނި ރޫޅުނީ އެކުވެރިންނާއިއެކު ރިޒޯޓަކަށް ދިއަ ދަތުރެއްގައި އޮޅުވާލުމެއްގެ ތެރެއިން ފޮޓޯތަކެއް ނަގައި ފިރިމީހާއަށް ދައްކައިގެންނެވެ. އެކަން ކުރި މަޤްޞަދު އެމީހުންނަށްވެސް ޙާޞިލެއް ނުވިއެވެ. ފިރިމީހާ ކައިވެނިކުރީ އެހެން އަންހެނަކާއިއެވެ. އެކަމަކު އަޅުގަނޑަށް ލިބުނު ދެވަނަ ފިރިމީހާއަކީ ކުރީގެ ފިރިމީހާއަށްވުރެ ތަނަވަސްކަންވެސް ބޮޑު އަޚްލާޤްވެސް މާރަނގަޅު މީހެކެވެ. އެހެންވެ އަޅުގަނޑަށް ދެރައެއް ދޭން ކުރި ކަންތަކުން އަޅުގަނޑަށްކުރީ ފައިދާއެކެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަނބިމީހާވިޔަސް، ފިރިމީހާ ވިޔަސް އެކުވެރިން ވިޔަސް އަނެކާ ނުކުރާ ކަންކަން ބޮލުގައި އަޅުވައިގެން ދެރަދޭން މަސައްކަތް ނުކުރާށެވެ! ފަހަރެއްގައި ވަގުތީ ހިތްހަމަޖެހުމެއް ލިބުނަސް ފަހުންކުރަންޖެހޭ ހިތާމަ މާބޮޑުވާނެއެވެ!

- ސަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން