ސުވަރުގޭގަ ރަސޫލް ޞޢޥ, ގެ އެންމެ އަރިއަހުގައި ވުމަށް އެދޭނަމަ ކުރަން ޙަދީޘްކުރެއްވެވި ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ސުވަރުގޭގަ ރަސޫލް ޞޢޥ, ގެ އެންމެ އަރިއަހުގައި ވުމަށް އެދޭނަމަ ކުރަން ޙަދީޘްކުރެއްވެވި ޢަމަލު-

ކިތަންމެ ގިނަ ބައެއްގެ ތެރޭގައި ހުރެފައި އެމީހަކު އެންމެ އެދޭކަމަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ކޮންމެ މީހަކުވެސް ބުނާނީ ސުވަރުގެ ވަނުމާއި ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބުން ކަމަށެވެ. ނަނަމަވެސް އެއީ އެހާ ފަސޭހައިން ޙާޞިލްކުރެވެން އޮތް ކަމެއް ނޫނެވެ. އެކަމަށް އެދިގެން މަސައްކަތްތަކެއް ކުރަން އެބްޖެހެއެވެ. 

ސުވަރުގެ ވަނުމާއި ސުވަރުގެއިން މަތީ ދަރަޖަ ހޯދުން ވަނީ މީސްތަކުންގެ އަތްމަތީގައެވެ. އެކަން ޙާޞިލުކުރެވެން އޮތީ އެމީހަކުކުރި މަސައްކަތަކުންނެވެ. އެކަން އެނގެނީ އެބޭކަލަކު އެންމެ އެދިވަޑައިގަންވާ ކަމެއްގެ ވާހަކަ ވިދާޅުވަން ރަސޫލް () ޙަދީޘްފުޅު ކުރެއްވެވުމުން އަދި އެ ބަސްފުޅު ތަކުރާރުކުރެއްވެވުމުން ވެސް "އެންމެ އެދިވަޑައިގަންނަވާ ކަމަކީ ސުވަރުގޭގައި ރަސޫލް () އާއި އެންމެ އަރިއަހުގައިވުމަށް" ކަމުގައި ދެންނެވުމުން ކުރެއްވެވި ޙަދީޘްފުޅުންނެވެ. 

ޙަދީޘްފުޅު ކުރެއްވެވީ "ގިނަގިނައިން ސަޖިދަ ކުރުމަށެވެ! ސަޖިދަކުރުން ކުރުމަށެވެ." މާނައަކީ ސުންނަތް ނަމާދުތައް ކުރުން ގިނަކުރުމެވެ. މި ޙަދީޘްފުޅު މިގޮތަށް ކުރެއްވެވުމުން އެނގިގެން މިދަނީ ސުވަރުގެ ވަނުމާއ ސުވަރުގެއިން ދަރަޖަ ޙާޞިލުވުން ވަނީ އެމީހަކު ކުރި މަސައްކަތަކުންކަމެވެ. ސުންނަތް ނަމާދުކުރުން ގިނަކުރިވަރަކުންނެވެ. 

ހިތާމައަކީ ސުންނަތް ނަމާދުތައް ކުރުން ގިނަކުރުމުގެ ބަދަލުގައި މަދުކުރެވެމުންދާކަމެވެ. ވުޟޫގެނަމާދު އޮތްކަން ހަނދާންހުރީ މަދުމީހެކެވެ. ޞުޙާ ނަމާދުކުރަނީ މަދުމީހެކެވެ. އެންމެ ކުޑަމިނުން މަސްޖިދު ސުންނަތްކުރަނީވެސް މަދުމީހެކެވެ. ވިތުރި އާއި ދަމުނަމާދުކުރާމީހުން އެހައިމަދެވެ. 

ދެން ނިކަން ބުނެބަލާށެވެ! ސުވަރުގެ ވަދެވޭނީވެސް އަދި ރަސޫލް އާއި އެންމެ އަރިއަހުގައިވެވޭނީ ކިހިނަކުންހެއްޔެވެ؟ 

-- އިމާމް ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން