ޢާއިޝަތު ރަފާޙް ޢަލީ
ކީރިތި ގުރްއާން ހިތުދަސް ކުރުމަކީ ވަރަށް މަތިވެރި ކަމެކެވެ. ދުނިޔެ އާއި އާޚިރަތުގައި އެމީހަކަށް އެކަމުގެ ހެޔޮކަން ލިބޭނެ ކަމެކެވެ.
ތިރީގައި މި ބަޔާން ކޮށްލަނީ ކީރިތި ގުރްއާން ހިތުދަސް ކުރުމަށް އަހައްމިއްޔަތުކަން ދޭންވީ ސަބަބުތައް:
· ކީރިތި ގުރްއާން ހިތުދަސް ކުރުމުން ރަސޫލާ ސައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތައް ތަބަޢަވެވޭނެ: ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ކީރިތި ގުރްއާން ހިތުދަސް ކުރައްވާ ކޮންމެ އަހަރަކު ސަހާބީންނާ އެކީގައިވެސް މުރާޖަޢާ ކުރައްވައެވެ. އެހެންކަމުން ކީރިތި ގުރްއާން ހިތުދަސް ކުރުމަކީ ނަބިއްޔާ ސައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތައް ތަބަޢަވުމުގެ ގޮތުން ކުރެވޭ ކަމެކެވެ.
· ނަރަކައިގެ ޢަޛާބުން ސަލާމަތް ވުމަށް އެހީވެދޭ ކަމަކަށްވާތީ
· ގިޔާމަތް ދުވަހުން ރަން ތާޖެއް ބޮލުގައި އެޅުވޭނެ: ﷲ ތަޢާލާ އަޅުގަނޑުމެންނަށް އަންގަވާފައިވަނީ ސުވަރުގޭގައި އާޔަތްތައް ކިޔަވަމުން ކިޔަވަމުން ގޮސް ކީރިތި ގުރްއާނުގެ އެންމެ ފަހު އާޔަތާ ހަމައަށް ކިޔަވާނެ ކަމެވެ. އަދި ބޮލުގައި ރަން ތާޖެއް އެޅުވޭނެއެވެ.
· ޝަރުޢީ ޢިލްމު އުނގެނުމަށް: ޢިލްމުވެރީން އެންމެ ފުރަތަމަ ކުޑައިރުއްސުރެ ފެށިގެން ގުރްއާން އުނގެނި ހިތުން ދަސްކުރަނީ ޗަރުޢީ ޢިލްމުތައް އުނގެނެން ފަސޭހަ ވާނެތީ
· ސުންނަތައް ތަބަޢަވުމަށް އެހީވެދޭ
· އީމާންކަން ވަރުގަދަވެ ދުނިޔެއާއި އާޚިރަތުގައި ޘަވާބު ލިބިގެންދާ ކަމަކަށް ވާތީ
· ﷲ ސުބްހާނަހޫ ވަތަޢާލާ އާއި އޮންނަ ގުޅުން ކައިރިކޮށްދޭ ކަމަކަށްވާތީ
· ޝައިތާނާ އާއި ދުރުކޮށްދޭ ކަމަކަށްވާތީ