ތިލާވަތުގެ ސަޖިދަކުރަން ވުޟޫކުރާކަށް ނުޖެހޭނެ! ޙައިޟުވެރިންނަށާ ނިފާސްވެރިންނަށްވެސް ކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ތިލާވަތުގެ ސަޖިދަކުރަން ވުޟޫކުރާކަށް ނުޖެހޭނެ! ޙައިޟުވެރިންނަށާ ނިފާސްވެރިންނަށްވެސް ކުރެވޭނެ!

ތިލާވަތުގެ ސަޖިދަކުރުމާއިބެހޭ ގޮތުން ގިނަ ބައަކު ތަފާތު ސުވާލުތައް ކުރެއެވެ. ތިލާވަތުގެ ސަޖިދަކުރަން ވުޟޫކުރަންޖެހޭނެތޯ؟ ޙައިޟްވެރިންނާއި ނިފާސްވެރިން އެކަންކުރާނީ ކިހިނަކުންތޯ؟ ފަދަ ސުވާލުތަކެވެ. 

ގެންގުޅޭ ފޯނުންވެސް ޤުރްއާން ކިޔެވޭތީ ޤުރްއާން ކިޔެވުމަށް އާދަވެފައި ތިބި އަންހެނުން ޙައިޟުގެ ދުވަސްތަކުގައާއި ނިފާސްކަމުގެ ދުވަސްތަކުގައި ވެސް އަންނަނީ ޤުރްއާން ކިޔަވަމުންނެވެ. އެއިގެ ތެރެއިން ބައެއް އަންހެނުންގެ ހިތުގައި ތިލާވަތުގެ ސަޖިދަ ކުރުމާއި ބެހޭ ގޮތުން ސުވާލު އުފެދޭތީ މި ގެނެސްދެނީ އެކަމާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވާ ބަސްފުޅެވެ. 

ޑރ. ޝަހީމްގެ ބަސްފުޅު: 

ކީރިތި ޤުރްޢާން ކިޔަވަމުންދާއިރު ތިލާވަތުގެ ސަޖިދަ ކުރަން ފާހަގަކޮށްފައި ހުންނަ ތަނެއް ކިޔެވުމަށްފަހު ޙައިޟުވެރިންނަށާއި ނިފާސްވެރިންނަށްވެސް ތިލާވަތުގެ ސަޖިދަ ކުރެވޭނެއެވެ. އެއީ ނަމާދުކުރުން ފަދަ ވުޟޫކޮށްގެން ކުރާ ކަމަކަށް ނުވާތީއެވެ. 

ނަމާދުކުރުމަށްޓަކައި ވުޟޫކުރަން ޖެހޭ ފަދައިން ކީރިތި ޤުރްއާން ކިޔަވަން ވުޟޫކުރާކަށް ނުޖެހެއެވެ. ވީމާ ޙައިޟުވެރިޔާ ވެސް އަދި ނިފާސްވެރިޔާ ވެސް ތިލާވަތުގެ ސަޖިދަވަޅެއް އައުމުން ސަޖިދަކުރާށެވެ! އެއީ ވުލޫކުރަންޖެހޭ ޙާލަތެއް ނޫނެވެ. 

ތިލާވަތުގެ ސަޖިދަ ކުރުމަކީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. އެ މަޤާމްތަކުގައި ރަސޫލް () ތިލާވަތުގެ ސަޖިދަ ކުރައްވަވައެވެ. އަދި އަނެއްބައި ފަހަރު ނުކުރައްވަވައި ދޫވެސް ކޮށްލައްވަވފައި ވެއެވެ.  

ތިލާވަތުގެ ސަޖިދަ ކުރަން ބޭނުން ނުވެގެން ނުކުރުމަކުން އދި ހަނދާންނެތި ނުކޮށް ދޫކޮށްލެވުމަކުން ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް އެއީ ކުރަން ސުންނަތުގައި ބަޔާންވެ ފެންނަން އޮތް ކަމަކަށްވުމުން ކުރުމުން ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ

މިއަދު އޮންލައިން