ސުވާލު: ނަމާދުކުރާ ވަގުތުގައި، ލޮޖިކަލީ އެނގޭ ރަނގަޅަށްކަން ކުރެވެނީ. އެކަމު ހިތުގައި ޝައްކު އުފެދޭ ރަނގަޅު ނަމާދުގެ ތަސްބީޙަ ކިޔެނީ، ނޫނީ ރަކްޢަތް ރަނގަޅަށްތޯ ކުރެވެނީ! އެ ހާލުގައި އަލުން ނަމާދު ކުރަން ޖެހޭނެތޯ؟
ޖަވާބު: ޝައްކުތަކާއި ވަސްވާސްތަކުން ދުރުހެލިވެގެން ނަމާދުކުރާށެވެ. އެ ތަކެތީގެ މައްޗަށް ދުރުހެލިވުމަށް އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުކުރާށެވެ. އެފަދަ ޝައްކާއި ވަހުމްތަކަކީ ޝައިޠާނާ އުފައްދާ ތަކެއްޗެވެ. ބޭނުމަކީ ﷲ ގެ އަޅާ ނަމާދާ ދުރުހެލި ކުރުވުމެވެ.
- ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް