ގޭގަ ހުރެގެން ކުރާ އަމަލަކުން ﷲ ގެ އެހީތެރިވެވޮޑިގަތުން އަބަދު ލިބިލިބި ހުންނަ މީހަކަށްވާން ބޭނުން ހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ގޭގަ ހުރެގެން ކުރާ އަމަލަކުން ﷲ ގެ އެހީތެރިވެވޮޑިގަތުން އަބަދު ލިބިލިބި ހުންނަ މީހަކަށްވާން ބޭނުން ހެއްޔެވެ؟: މުފްތީ މެންކް

ހުވަފަތް އަންހެނުންނަށާއި އެކަނިވެރި މައިންނަށް އެހީތެރިވެދިނުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކިހައި މަތިވެރިކަން ބޮޑުޢަމަލެއްކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. ނަމަވެސް ސުވާލަކީ މިތަނުގައި އެއްވެ މިތިބަ އެތައް ހާސް މީހުންގެ ތެރެއިން އަމިއްލަ އެދުމެއް ނެތި ހަމައެކަނި ﷲ ތަޢާލާއަށް ލޯބިން، އެކަލާނގެ ރުހިވޮޑިގަތުން ލިބުނަށް އެދިގެން އެފަދަ ނިކަމެތި އަންހެނަކަށް އެހީތެރިވަނީ ކިތައް މީހުން ހެއްޔެވެ؟ 

އަންހެނުންނަށް ފައިސާދީ އަދި އެމީހުންގެ ބޭނުންތައް ފުއްދައިދީ އެހީތެރިވާންވީ އެކަނބަލުންގެ ރީތިކަމަށް ބަލައިގެނެއް ނޫނެވެ. އެކަނބަލުންގެ ހާލަތަށް ބަލައި ﷲ ތަޢާލާއަށްޓަކައެވެ. ނަމަވެސް މިއަދު އަހަރެމެންނަށް ޞަދަޤާތް މިކުރެވެނީވެސް މުނާފިޤުން ފަދައިން ވެގެން ތިބެއެވެ. އެފަދަ ކަންކަން ކުރުން އަވަހަށް ހުއްޓާލައި ﷲ ތަޢާލާ އެންގެވި ގޮތުގައި ހޭދަކުރާބައަކަށްވާށެވެ!

ގޭގައި ދިރއުޅޭ އަޚުންނާއި އުޚުތުންގެ ދަރިން ވެސް ބަލަހައްޓައިދީ އަޅައިލުމާއި ލޯބިދިނުމަކީވެސް އެހެން މީހަކަށް އެހީތެރިވުމެވެ. ފަހަރި ނުވަތައަކީ ވަޒީފާއަދާކުރާ އަންހެނެެއް ނަމަ އޭނާއަށް ގޭގައި ނުހުރެވޭ ވަގުތުތަކުގައި ދަރިން ބަލަހައްޓައިދީ އަދި އޭނާއަށް ފަސޭހަވާނެ ކަންކަންކޮށްލައިދިނުމަކީވެސް އެހެން މީހަކަށް އެހީތެރިވުމެވެ. ޚާއްޞަކޮށް އެކަކު ނަމާދުކުރަން ބޭނުންވާ ވަގުތު އެކަމަށް އެހީތެރިވެދީ އޭނާގެ ދަރިން ބަލައިދިނުމަކީވެސް އެހެން މީހަކަށް އެހީތެރިވުމެވެ. 

މިފަދަ ކަންކަމަކީ އެއްގެއެއްގައި ދިރިއުޅޭއިރު ކުޑަކުޑަ އިތުރު ހިތްވަރެއް ލައިގެން ނުހަނު ފަސޭހައިން ކުރެވިދާނެ ކަންކަމެވެ. އަދި ކުރަންޖެހޭނެ ވެސް ކަންކަމެވެ. އެއިން ކަމެއް ކުރަން ބުރަ އުފުލަން ޖެހުނިއްޔާ އޮތީ ކޮންމައްސަލައެއް ހެއްޔެވެ؟ އެފަދަ ކަންކަން ކޮށްދޭންވީ އަނެކާއަށްޓަކައެއްވެސް ނޫނެވެ. ﷲ ތަޢާލާއަށް ޓަކައެވެ. 

މިބަޔާންކުރަނީ އެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުން ލިބެން އޮތް ބޮޑު ފައިދާގެ ވާހަކައެވެ. 

ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން އަބަދުވެސް ލިބިލިބި ހުންނަން ބޭނުން ހެއްޔެވެ؟ މިސުވާލު ކުރާ އިރަށް އެންމެން އެފަހަރާ ބުނާނީ ބޭނުން ކަމަށެވެ. ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން އަބަދުވެސް ލިބިލިބި ހުންނަން ބޭނުން މީހާ ކަންކުރަންވީ ގޮތް ރަސޫލް () ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވަވައިފައެވެ. 

ޙަދީޘްފުޅުގައި ވަނީ "ﷲ ތަޢާލާއަށް އަޅުކަންކުރާމީހަކު އެހެން މީހަކަށް އެހީތެރިވުމުގައި ދެމިހުރިހައި ހިނދަކު އެމީހަކަށް އެހީތެރިވެވޮޑިގަތުމުގައި ﷲ ތަޢާލާ ދެމިވޮޑިގެންހުންނަވާނެ" ކަމަށެވެ. މާނައަކީ މީހަކު އެހެން މީހަކަށް ނުވަތަ އެހެން މީހުންނަށް އެހީތެރިވުމުގައި ދެމިހުންނަހައި ހިނދަކު ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން އެމީހަކަށް ލިބެމުންދާނެ ކަމެވެ. 

އެކަނިވެފައިވާ ޔަތީމް، މިސްކީން ކުދިންނަށް އެހީތެރިވެދޭ މީހާ ސުވަރުގޭގައި ވާނީ ތިމަންކަލޭގެފާނާއި މިފަދައިން ކަމަށް ހަދީޘްފުޅު ކުރައްވަވައި ރަސޫލް () ދެއްކެވީ އަތްޕުޅުގެ ދެ އިނގިލިފުޅެވެ. މާނައަކީ ސުވަރުގޭގައި އެހައި ގާތުގައި ވާނެ ކަމެވެ. އެވަރުންވެސް ޔަޤީންކަން ނުލިބެނީ ހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން