ޒިނޭކުރެވުނު މީހާ ތައުބާވުމަށްފަހު ޒިނޭއަށް މަގުފަހިވާ ކަންކަމަށް އަރައިގަންނަނަމަ ތައުބާވީ ކަމަކަށް ނުބެލެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ޒިނޭކުރެވުނު މީހާ ތައުބާވުމަށްފަހު ޒިނޭއަށް މަގުފަހިވާ ކަންކަމަށް އަރައިގަންނަނަމަ ތައުބާވީ ކަމަކަށް ނުބެލެވޭނެ!

ސުވާލު: ޒިނޭކުރުން ހުއްޓައިލަން ބޭނުންވާ މީހާ އެކަން ހުއްޓައިލާ ތައުބާވުމަށްފަހު ވެސް ޒިނޭއަށް މަގުފަހިވާ (ހިލޭފިރިހެނުންނާ ކިސްކޮށް ބެއްދުން) ފަދަ ކަންކަން ކުރާ ނަމަ، އެ ވެވުނީ ފުރިހަމަ ތައުބާއަކަށް ވާނެތޯ؟ އަދި މިއީ ކޮންކަހަލަ ކަމެއްތޯ؟ 

ޖަވާބު: ޒިނޭއަށް މަގުފަހިވާ ފަދަ އެއްވެސް ކަމަކަށް އަރައިގަނެގެން ނުވާނެއެވެ. ތިޔަ ވިދާޅުވެފައިވާ ކަންތައްތަކަކީ ޒިނޭއަށް މަގުފަހިވެދާ ފަދަ ކަންތަކެވެ. އެފަދަ ކަންތަކަށް އަރައިގަންނަ ކަމަށް ވާނަމަ، ޒިނޭއިން ތައުބާވީ ކަމަކަށް ނުބެލެވޭނެއެވެ.

 

- ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން