ސުވާލު: ސުވާލަކީ ފިރިހެންމީހާ އިނދެގެން އަހަރުވާއިރު ވެސް އަނބިމީހާގެ ޙައްޤުތައް އަދާނުކޮށްދެންޏާ އަނބިމީހާ އަމަލުކުރަން ޖެހޭނީ ކިހިނެއްތޯ؟ ވަރިކުރި އަނބިމީހާއަށްތޯ ނޫނީ އިނދެގެން އުޅޭ އަނބިމީހާއަށްތޯ އިސްކަންދޭން ޖެހޭނީ؟
ޖަވާބު: އަނބިމީހާއަށް ލިބެން ޖެހޭ ހައްޤުތައް ފިރިމީހާގެ ފަރާތުން ނުލިބޭ ކަމަށް ވަނީނަމަ، ވަރިއަށް އެދުމުގެ ޙައްޤު އަނބިމީހާއަށް ލިބިގެންވޭ. ޙައްޤު އޮންނާނީ އިނދެގެން އުޅޭ މީހާގެ. ވަރިކުރުމަށް ފަހު ޢިއްދައިގައި އިންނަ އިރުގެ ޚަރަދު ފިޔަވައި އެހެން ޙައްޤެއް ނޯންނާނެ. ދެން ދަރިން ތިބި ނަމަ ދަރިންގެ ޙައްޤުތައް އަދާކޮށްދޭން ޖެހޭނެ.
- ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް