ސުވާލު: ޢަޞްރު ނަމާދުގެ ކުރިން ނުވަތަ ފަހުން ސުންނަތްކުރުން އޮވޭތޯ؟ ޢަޞްރުގެ ކުރިން ބައެއް ބޭފުޅުން 4 ރަކްޢަތް ކުރާތަން ފެންނާތީ. ޢާންމުކޮށް ކުރާ 12 ރަކްޢަތް (ފަތިސް ކުރީގެ 2، މެންދުރު ކުރިން 4، ފަހުން 2، މަޣްރިބް އަދި ޢިޝާގެ ފަހުން 2) ގެ ތެރޭގައި ނުހިމެނޭތީ.)
ޖަވާބު: ޢަޞްރު ނަމާދުގެ ކުރީގައި 4 ރަކްޢަތް ކުރުން އޮވޭ. އެއީ ސުންނަތްކަން ގަދަ 12 ރަކްޢަތުގެ ތެރޭގައި ނުހިމެނޭ 4 ރަކްޢަތް. ޢަޞްރު ނަމާދުގެ ކުރިން 4 ރަކްޢަތް ކޮށްފި މީހަކަށް ﷲ ރަޙްމަތް ލައްވާނެ ކަމަށް ޙަދީޘްގައި ވާރިދުވެފައިވޭ. ޢަޞްރު ފަހުން ކުރަން ޖެހޭ ސުންނަތް ނަމާދެއް ނޯންނާނެ.
- ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް