އަމިއްލަ ދަރިފުޅަށް ކަމަށްވީނަމަވެސް ޤުރްއާނުން އެންމެ އަކުރެއް ކިޔަން ދަސްކޮށްދިނުމަކީ ނިމުމެއް ނެތި ޘަވާބު ލިބިލިބި ހުންނާނެ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އަމިއްލަ ދަރިފުޅަށް ކަމަށްވީނަމަވެސް ޤުރްއާނުން އެންމެ އަކުރެއް ކިޔަން ދަސްކޮށްދިނުމަކީ ނިމުމެއް ނެތި ޘަވާބު ލިބިލިބި ހުންނާނެ ކަމެއް! އިން ޝާ ﷲ

ޤުރްއާން ކިޔަވަން ދަސްކުރުމާއި ދަސްކޮށްދިނުމަކީ އެކަމަކުން އެންމެ ބޮޑަށް ފައިދާކުރާނެ އެއްކަންތަކެވެ. ޤުރްއާން ދަސްކޮށް ޙާފިޡަކަށްވެވުމުން ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ޤަދަރު އިންތިހާއަށް އުފުލިގެންދެއެވެ.  

އަހަރެމެން މިއަދު ދުނިޔޭގެ ކަންކަމަށް ސަމާލުކަންދޭ މިންވަރު އިންތިހާއަށް އިތުރުވުމުން ބަހަނާއަކަށް ބިޒީކަން ދައްކައި އަމިއްލަ ތުއްތު ދަރިންނަށް އަލިފުބާ ދަސްކޮށްދޭންވެސް ގެންދަނީ ކޮންމެވެސް އެދުރެއްގެ ގާތަށެވެ. އެކަން މިހަދަނީ އެދުރުމީހާ އެދުރުދައިތަގެ ޒިންމާއަކަށެވެ. އެކަމުގެ ސަބަބުން އެ ނަގައިލެވެނީ ދަސްކޮށްދޭ ވަގުތުން ފެށިގެން ދުނިޔެ ނިމެންދެންވެސް އެމީހަކަށް ޘަވާބު ލިބިލިބި ހުރުމުގެ ފުރުޞަތުއޮތް ފައިދާ ބޮޑު ޢަމަލެކެވެ.  

އެކަން މެދުވެރިވާ ގޮތަކ ތިބާ ދަސްކޮށްދިނީ ތިބާގެ ދަރިފުޅަށް ކަމަށްވެދާނެއެވެ. ތިބާ ދަސްކޮށްދިން ދަރފުޅުގެ ސަބަބުން ތިބާއަށް ޘަވާބުލިބުމުގެ އިތުރުން އެ ދަރިފުޅު އޭނާގެ ދަރިފުޅަށް ނުވަތަ އެހެން މީހަކަށް ދަސްކޮށްދީފިނަމަ ވެސް ތިބާއަށް އެކަމުން ޘަވާބު ދެއްވަވާނެތީއެވެ. ވީމާ އެ ޗޭނަކީ ނިމުމެއް ނެތް ޗޭނަކަށްވެދާނެއެވެ. އިން ޝާ ﷲ  

ކީރިތި ޤްރްއާން ކިޔަވަން ދަސްކޮށްދިނުމަކީ ދަސްކޮށްދިންކަމުގެ އިތުރުން ދަސްކުރާމީހުން އެކަންކަން ކުރުމުން ވެސް ދަސްކޮށްދިން މީހާއަށް ޘަވާބު ލިބޭނެ ކަންކަމެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އެމީހަކަށް އެނގޭ މިންވަރަކުން މިފަދަ ހެޔޮ އަމަލުތައް ކުރަންވާނެއެވެ. އެދުރުން ގާތަށް ގެންދަންވީ ތިމާއަށް ނުއެނގޭބައި ދަސްކޮށްދިނުމަށެވެ! 

ހަމައެއާއެކު ވިސްނައިލަންޖެހޭނެ ކަމެއް އެބައޮތެވެ. އެއީ ތިބާއަށް އަކުރުތައް ކިޔަން އެނގުމެވެ. އެކުލަވާލައިގެން ކިޔަންއެނގުމެވެ. އެހެނީ އަކުރުތައް ފުރަތަމަ ދަސްކޮށްދޭއިރުވެސް މަޚްރަޖުން ދަސްކޮށްނުދެވިއްޖެނަމަ ފަހުން ބަދަލުކުރުވަން އުނދަގޫވާނެތީއެވެ. ވީމާ މައިންބަފައިން އެކަމަށް ސަމާލުކަންދީގެން ތަޖްވީދުމަގުން ކިޔަވަން ދަސްކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެއިރުން ދަސްކުރިކަމުގެ ޘަވާބުވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން