ހިތް ނޭދޭކަމެއް ފެންނައިރަށް ވަރިއާއި ހަމައަށް ދާންޖެހުމުން ސަލާމަތްވަމާތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ހިތް ނޭދޭކަމެއް ފެންނައިރަށް ވަރިއާއި ހަމައަށް ދާންޖެހުމުން ސަލާމަތްވަމާތޯ؟

ބާޒާރަށް ބަލައިފިނަމަ މީޓަރެއް 200 ޑޮލރަށްވެސް ގަންނަން ނުލިބޭ ފޮތި އެބަހުއްޓެވެ. އަދި ހަމަ އެފޮތި މީހުން ގަނެ ހުސްވެސް ކުރެއެވެ. 99 އިންސައްތަ މީހުން ފައްސާނީ ފަހާ މީހަކާ ޙަވާލުކޮށްގެންނެވެ. 

ވިސްނާލަން ޖެހޭ ކަމަކީ ކިތަންމެ ބޮޑު އަގުގައި ފޮތި ގަނެގެން ކިތަންމެ މޮޅަށް ފަހާ މީހަކު ލައްވައި ފެއްސުވި ނަމަވެސް އަޅުގަނޑުމެން ފައްސުވާ ކޮންމެ ހެދުމެއް ގައަށް ހެޔޮވަރު ނުވާކަމެވެ. ފަތިޖަހާލަން ޖެހޭކަމެވެ. އަދި ތަންކޮޅެއް މޮހެލާފައި ދޫކޮށްލަންވެސް ޖެހިދާނެއެވެ. 

ނަމަވެސް މިފަދަ އެއްވެސް ޙާލަތެއްގައި ފެއްސި ހެދުން އެއްލައެއް ނުލަމުއެވެ. ފަތިޖަހައި ހެޔޮވަރުކޮށްލަނީއެވެ. ކޮންމެ ގޮތަކުންވެސް މަސައްކަތްކުރަނީ ލާންކަމުދާ ފެންވަރަކަށް ކަންކަން ރަނގަޅުކޮށްލައި ހެދުމުގެ ބޭނުންހިފުމަށެވެ. 

ބުނަންހެއްޔެވެ؟ ފެހި ހެދުން ގައަށް އެންމެ ހެޔޮވަރު ނުވި ނަމަވެސް ފޭރާން ރީތިނަމަ ހެދުން ރީތިވާނެއެވެ. ލައިގެން ހުންނައިރު ހަމަ ތިބާއަށްވެސް އެހެދުމުގެ ރީތިކަން އިޙްޞާޞްކުރެވޭނެއެވެ. އެހެން މީހުންގެ ތަޢްރީފްވެސް ލިބޭނެއެވެ. 

ކައިވެނީގައިވެސް އޮތީ ހަމަ މިގޮތެވެ. އަނބިމީހާއަކީ ނުވަތަ ފިރިމީހާއަކީ ތިބާއަށް އެންމެ ބޭނުންވާ ހުރިހާ ސިފަތައް ނެތް މީހަކަށްވެސް ވެދާނެއެވެ. ބައިވެރިޔާގެ ކިބައިން އެފަދަ ކަމެއް ފެނިއްޖެނަމަ އެކަމެއް އިޞްލާޙްކޮށްލަން މަސައްކަތްކުރާށެވެ. މާތްﷲ ވާގިފުޅާއިއެކު ކަންކަން ދާނީ ރަނގަޅުވަމުންނެވެ.  އެކަމުގެ ހިތްހަމަޖެހުން ދާނީ ލިބެމުންނެވެ. 

ބައިވެރިޔާގެ ކިބައިން ނުރަނގަޅު ސިފައެއް ފެނިއްޖެނަމަ ވަރިކޮސްލުމުގެ ބަދަލުގައި އޭނާގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކަށް ބަލަން އޮންނަނީވެސް ހަމައެހެންވެގެންނެވެ. 

ބަލަންޖެހެނީ ކީރިތި ޤްރްއާނުގައ "ދެމަފިރިންނަކީ ވެސް އެކަކު އަނެކަކަށް ހުރި ލިބާހެއް" ކަމަށް މާތްﷲ ބަޔާންކުރައްވަވާފައިއޮތް ބަސްފުޅަށެވެ. އެއީ އެކެއް އަނެކެއްގެ ޢައިބުތައް ފޮރުވައި އެކުގައި ދިރިއުޅެން މަސައްކަތްކުރުމުގެ ވާހަކަކަމަށްވާތީއެވެ. ހިތްހަމަ ނުޖެހޭއިރަށް އެކަންކަން އިޢުލާނުކޮށް ވަރިކޮށްގެން ނުވާނީ އެސަބަބަށްޓަކައެވެ. 

އެފަދައިން ވަޙީކުރައްވަވާފައި އެވަނީ ކަމުގެ މުހިންމުކަން ބޮޑޫކަމުންނެވެ. އެކަކު އަނެކެއްގެ އުނިސިފަތައް ފޮރުވައިދީ އިޞްލާޙްކުރަން މަސައްކަތްކުރަން ޖެހޭނެތީއެވެ. އެކަމުގައި ދެމީހުންވެސް އެކަކު އަނެކަކަށް އެއްބާރުލުންދީ އެހީތެރިވެދޭން ޖެހޭނެއެވެ. 

"އެކަނބަލުންނީ (އަނބިންނަކީ) ތިއަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިއަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ." (ސޫރަތުލްބަޤަރާ- 18)  

 -އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން