ރަނގަޅު އެކުވެރިންގެ ކިބައިގަ ހުންނަންޖެހޭ ސިފަތަކުގެތެރެއިން ކޮންމެހެން ހުންނަންޖެހޭ 4 ސިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރަނގަޅު އެކުވެރިންގެ ކިބައިގަ ހުންނަންޖެހޭ ސިފަތަކުގެތެރެއިން ކޮންމެހެން ހުންނަންޖެހޭ 4 ސިފަ!

އެކުވެރިންގެ ގޮތުގައި ޚިޔާރުކުރަންޖެހޭނީ ރަނގަޅު ސިފަތައް ހުންނަ މީހުންނެވެ. އެއިގެ ތެރޭގައި އަޚްލާޤް ރަނގަދީވުމާއި ދީނަށް ލޯބިކުރުން ހިމެނެއެވެ. ވީމާ އެކުވެރިން ޚިޔާރުކުރުމުގަ އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންކަމުގެ ތެރެއިން 4 ކަމެއް ޚާއްޞަގޮތެއްގައި ފާހަގަކޮށްލާނަމެވެ. 

ފުރަތަމަ ކަމަކީ އެއްވެސް ޝައްކެއް ނެތްގޮތުގައި އަޅުކަންކުރަން ހިތްވަރުދީ ވީހައި ގިނައިން އަޅުކަންކުރަން ހިތްވަރުދިނުމެވެ. ތަޤްވާގެ މަގުގައި އަބަދުވެސް ސާބިތުވެ ހުރުމަށް ބާރުއެޅުމެވެ. 

ދެވަނަ ކަމަކީ ތިމާއަށް ކަންކަން ކުރިމަތިވެ ސިކުނޑިއަށް ބުރަބޮޑުވުމުން އެކަން ލުއިކޮށްދޭން މަސައްކަތްކުރުމެވެ. ކެތްތރިކަން އިސްކޮށް ﷲ ތަޢާލާއަށް ވަކީލުކުރަން ހިތްވަރުދިނުމެވެ. 

3 ވަނަ ކަމަކީ ކިތަންމެ ގާތްކޮށް އުޅުނު ނަމަވެސް ސަލާމްގޮވައި ހުއްދަ ލިބުމުން ނޫނީ ގެއަށް ނުވަނުމެވެ. ތިބާގެ ޢާއިލާއަށް އިޙްތިރާމްކުރުމަކީ އެއީއެވެ.

4 ވަނަ ކަމަކީ އެކުވެރިޔާއަށް ކަމެއް ދަތިވެގެން އުޅޭކަން އެނގިއްޖެނަމަ އެކުވެރިޔާ ނުއެދުނު ނަމަވެސް އެމީހަކަށް ވެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. ހަމައެކަނި ފައިސާއަކުންނޫނެވެ. ފައިސާ ނެތްނަމަ އެހެން ގޮތްގޮތުންވެސް އެހީތެރިވެދެވިދާނެއެވެ.  

އަހަރެން ޤަބޫލުކުރާގޮތުގައި މި 4 ސިފަ އެމީހެއްގެ ކިބައިގައި ހުރެއްޖެ ނަމަ އެއީ ރަނގަޅު އެކުވެރިއެކެވެ. ތިބާއަށް ކުރިމަތިލާންޖެހޭ ދަތި ޙާލތްތަކުގައިވެސް ތިބާ އާއިއެކުގައި އެމީހަކު ހުންނާނެއެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން