ހިނގާފައި މިސްކިތަށް ދިއުމާއި އެނބުރި ގެއަށް ދިއުމަށް އަޅާ ކޮންމެ ފިޔަވަޅަކަށްވެސް ޘަވާބު ދެއްވަވާނެކަން ޙަދީޘުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހިނގާފައި މިސްކިތަށް ދިއުމާއި އެނބުރި ގެއަށް ދިއުމަށް އަޅާ ކޮންމެ ފިޔަވަޅަކަށްވެސް ޘަވާބު ދެއްވަވާނެކަން ޙަދީޘުން!

މިސްކިތް ދާދިގާތުގައި ހުރިނަމަވެސް ކާރު ނުވަތަ ސައިކަލުގައި ނޫނީ ނުދެވޭ މީހުން އެބައުޅެއެވެ. އެމީހުން އެ ނަގައިލަނީ ލިބެން އޮތް ވަރަށް ބޮޑު ނިޢުމަތެކެވެ. ލިބެން އޮތް އެތައް ބައިވަރު ޘަވާބެވެ. 

ޤިޔާމަތް ދުވަހު ހިސާބު ބައްލަވާއިރު އެމީހާ ދުނިޔޭގައި އުޅުނުއިރު އަތުގައި ހުރި މުއްސަނދިކަމަކަށް ނުބައްލަވާނެތެވެ. ބައްލަވާނީ ހަމައެކަނި ކޮށްފައިވާ ހެޔޮ ޢަމަލުތަކަށެވެ. ސައިކަލުގައި މިސްކިތަސް ދިއުމުން ގެއްލިގެން އެދަނީ އެތައް ބައިވަރު ޘަވާބުތަކެކެވެ. ހިނގާފައި މިސްކިތަށް ދާން އަޅާ ކޮންމެ ފިޔަވަޅަކަށާއި މިސްކިތުން ގެއަށް ދާން އަޅާ ކޮންމެ ފިޔަވަޅަކަށް ޘަވާބު ދެއްވަވާނެތީއެވެ.   

ދަލީލު: 

ރަސޫލް ()ގެ މިސްކިތްކޮޅާއި ވަރަށް ދުރުގައި (އެންމެ ދުރު ސަރަހައްދުގަ) ހުރި ގޭގައި އުޅުއްވަވާ ޞަހާބީއަށް ދެނެނެވުނެވެ. "ކަލޭގެފާނު މިސްކިތަށް ވަޑައިގަންނަވަން ޙިމާރެއް ބައްލަވައި ނުގަންނަވަނީ ކީއްވެގެންތޯއެވެ! ގަދަ ހޫނުގައި އަދި ރޭގނޑު އަނދިރީގައި މިސްކިތަށް ވަޑައިގަންނަވަން ފަސޭހަފުޅުވުމަށްޓަކައެވެ." 

ޖަވާބުގައި ވިދާޅުވީ "ޙިމާރެއް ބޭނުންފުޅު ނޫންކަމަށެވެ. މިސްކިތަށް ވަޑައިގެންނެވުމަށާއި މިސްކިތުން ގެއަށް ވަޑައިގަތުމަށް ﷲ ޘަވާބު ދެއްވަވާނެ ކަމަށް އުންމީދުކުރައްވަވަމެވެ." 

އެހިނދު ރަސޫލް () ޙަދީޘްފުޅުކުރެއްވެވީ "ދެކަން ވެސް (ދެކަމަށްވެސް) ޘަވާބު ދެއްވަވާނެ" ކަމަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން