ޙައިޟުވެރިޔަކު، މައްޔިތަކު ހިނެވުމުގެ ޙުކުމް- ޝައިޚް މުޙައްމަދު ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޙައިޟުވެރިޔަކު، މައްޔިތަކު ހިނެވުމުގެ ޙުކުމް- ޝައިޚް މުޙައްމަދު ޝާފިޢު

ސުވާލު- ޙައިޟުވެރިޔަކު، މައްޔިތަކު ހިނެވުމުގެ ޙުކުމަކީ ކޮބާ؟

ޖަވާބު- އެއީ ހުއްދަކަމެކެވެ. މައްޔިތަކު ހިނަވާ މީހާއީ ޠަހާރަތުގެ މަތީގައި ހުރި މީހަކަށްވުމަކީ އެހިނެއިން ޞައްޙަވާ ޝަރުޠެއް ނޫނެވެ. ކީރިތި ޤުރުއާނުގެ އެއްވެސް އާޔަތެއްގައި އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެއްވެސް ޙަދީޘެއްގައި އެކަމަށް ދަލީލެއް އައިސްފައިނުވެއެވެ. ހަމައެފަދައިން ޖުނުބުވެރިޔަކަށްވެސް މައްޔިތަކު ހިނެވިދާނެއެވެ. 

ޝާފިޢި މަޛުހަބުގެ ފިޤުހު ފޮތެއް ކަމުގައިވާ ތުޙްފަތުލް މުޙްޖާޖުގައި އައިސްފައިވެއެވެ. 

ويغسل الجنب والحائض الميت بلا كراهة لأنهما طاهران.

ޖުނުބުވެރިޔާއާއި ޙައިޟުވެރިޔާއަށްވެސް މައްޔިތާ ހިނެވިދާނެއެވެ. އެއީ މަކްރޫހަކަމެއް ނޫނެވެ. (ޙަރާމްކަމެއް ނޫނެވެ) ސަބަބަކީ އެ ދެމީހުންނަކީވެސް ޠާހިރު ދެމީހުންނެވެ. 

ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީއާ ސުވާލު ކުރެވުނުވެ.

ޙައިޟުވެފައިވާ އަންހެނަކަށް މައްޔިތަކު ހިނަވައި ކަފުންކުރުން ހުއްދަވެގެން ވޭ ހެއްޔެވެ؟

ޖަވާބު ދެއްވާފައިވެއެވެ. 

"ޙައިޟުވެފައިވާ އަންހެނަކަށް މައްޔިތަކު ހިނަވައި ކަފުންކުރުން ހުއްދަވެގެން ވެއެވެ. އެކަމަކު ފިރިހެނުންގެ ތެރެއިން އޭނާއަށް ހިނެވުން ހުއްދަވެގެންވަނީ އޭނާގެ ފިރިމީހާ އެކަންޏެވެ. ޙައިޟުވެފައިހުރުމަކީ މައްޔިތުން ހިނެވުން މަނާވާ ސަބަބެއް ނޫނެވެ." فتاوى اللجنة الدائمة للبحوث العلمية والإفتاء” (8/369) 

–ޝައިޚް މުޙައްމަދު ޝާފިޢު 

މަރްޖިޢު

تحفة المحتاج في شرح المنهاج-أحمد بن محمد بن علي بن حجر الهيتمي

https://islamqa.info/ar/answers/105380

 

 

މިއަދު އޮންލައިން