ދުރުހިލޭ މީހާވެސް ޙަސަދަ ނެތް ނަމަ، ޙަސަދަ ހުރި ގާތްތިމާގެ މީހުންނަށްވުރެ ރަނގަޅެވެ!: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދުރުހިލޭ މީހާވެސް ޙަސަދަ ނެތް ނަމަ، ޙަސަދަ ހުރި ގާތްތިމާގެ މީހުންނަށްވުރެ ރަނގަޅެވެ!: ޝައިޚް ޝާފިޢު

ހަސަދަވެރިކަމަކީ ކަންކަން އެކޮޅުކޮޅުން ޖަހާ ކަމެކެވެ!: ޝައިޚް ޝާފިޢު 

އެކަލޭގެފާނުގެ ގާތްމީހުން ބުނީ މިފަދައިންނެވެ.

اقْتُلُوا يُوسُفَ أَوِ اطْرَحُوهُ أَرْضًايوسف 9

"ތިއަބައިމީހުން ޔޫސުފުގެފާނު ޤަތުލު ކޮށްލާށެވެ. ނުވަތަ، ދުރު ބިމަކަށް އެކަލޭގެފާނު އެއްލައިލާށެވެ." 

ދުރުހިލޭ މީހާ ބުނީ މިފަދައިންނެވެ.

أَكْرِمِي مَثْوَاهُيوسف 21

"ކަނބުލޭގެ، އެކަލޭގެފާނުގެ ހުންނެވުން ރަނގަޅުގޮތަކަށް ހަމަޖައްސާށެވެ." 

ޙަސަދައިގެ ކުރިމަތީގައި ގާތްތިމާގެ ކަމުގެ ގުޅުންވެސް އެއްވެސް އެއްޗަކަށް ނުވިއެވެ. ދުރުހިލޭ މީހާވެސް ޙަސަދަ ނެތް ނަމަ، ޙަސަދަ ހުރި ގާތްތިމާގެ މީހުންނަށްވުރެ ރަނގަޅެވެ. 

ޙަސަދަ ވަދެއްޖެނަމަ

ލޯބި ނަފުރަތަށް ބަދަލުކޮށްލައެވެ.

ޢަދުލުވެރިކަން އަނިޔާވެރިކަމަށް ބަދަލުކޮށްލައެވެ.

ހެޔޮ އެދުން ނުބައި އެދުމަށް ބަދަލުކޮށްލައެވެ.

ތިބާގެ ނަފްސަށް ލިބުން އެދޭ ކަމެއް އަނެކާއަށް ލިބުމަށް އެދުން، އަނެކާއަށް އެ ނިޢުމަތް ނުލިބި، އެ ނިޢުމަތް އަނެކާގެ ކިބައިގައިވާނަމަ އެ ނިޢުމަތް ފިލައިދިނުމަށް އެދުމަށް ބަދަލުކޮށްލައެވެ. 

- ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން