ދުޢާ ޢިޖާބަކުރައްވަވާ ފަރާތް އެނގޭއިރު އެފަރާތަށް ކިޔަމަންތެރިނުވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ދުޢާ ޢިޖާބަކުރައްވަވާ ފަރާތް އެނގޭއިރު އެފަރާތަށް ކިޔަމަންތެރިނުވަނީ ކީއްވެ؟

އަހަރެމެން ކުރާ ދުޢާ ޢިޖާބަ ކުރައްވަވާ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާކަން ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ. އެކަން ޤަބޫލުވެސް ކުރެއެވެ. އެހެންވެ ދުޢާކުރަނީވެސް ﷲ ތަޢާލާއަށެވެ. 

ސުވާލަކީ އެކަންކަން އެނގޭއިރު ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިނުވަނީ ކީއްވެގެންހެއްޔެވެ؟ ފަރުޟު 5 ނަމާދަށް ރައްކައުތެރިނުވަނީ ކީއްވެގެން ހެއްޔެވެ؟ ފަރުޟުތައް އަދާކުރަން ފަސްޖެހެނީ ކީއްވެގެންހެއްޔެވެ؟ އަދި ސުންނަތުން ޘާބިތުވާ އަޅުކަން ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ 

ދުނިޔަވީ ހަމަތަކުން ބެލިނަމަވެސް ތިމާގެ ބޭނުންތައް ފުއްދައިދޭ މީހާ ރުހޭނެ ކަންކަން ކުރަމުއެވެ. އޭނާގެ ރުހުން ހޯދަން މަސައްކަތްކުރަމުއެވެ. ވިސްނައިލަންވީ އެމީހާ ތިބާއަށް އެހީތެރިވެދެނީވެސް ހަމަ ﷲ ތަޢާލާ އެކަމަށް އިރާދަކުރެއްވެވުމުން ކަމެވެ. ވީމާ ﷲ ތަޢާލާއަށް ޝުކުރުވެރިވެ ކިޔަމަންތެރިކަން އަދާކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެކަމަށް ކުރާ މަސައްކަތްއިތުރުކުރާށެވެ! 

ސަލަފުންގެ ބޭކަލަކާ ސުވާލު ކުރެވުނެވެ. އެމީހެއްގެ ދުޢާ މުސްތަޖާބު (އިޖާބަވާ) ފަރާތެއް އެނގިލައްވާތޯއެވެ؟

ޖަވާބުގައި ވިދާޅުވިއެވެ. ނޫނެކެވެ. ނޭނގެއެވެ. އެކަމަކު ދުޢާ އިޖާބާކުރައްވާ ފަރާތް އެނގެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން