ދީނުގަ އޮތް ޞައްޙަ ގޮތް ނޭނގޭ ކަމަށް ބުނެ ޢުޛުރެއް މިހާރަކު ނުދެއްކޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދީނުގަ އޮތް ޞައްޙަ ގޮތް ނޭނގޭ ކަމަށް ބުނެ ޢުޛުރެއް މިހާރަކު ނުދެއްކޭނެ!

ތިބާ އޮޅުންފިލުވަން ޝައުޤުވެރިވާ ކަންކަން އެބަ އޮޅުންފިލުވަމުއެވެ. ފަތުރަން ބޭނުންވާ މައުލޫމާތު އެބަ ފަތުރަމުއެވެ. ހަމައެކަނި ނުހޯދިގެން ތިއަ އުޅެނީ އިސްލާމް ދީނުގެ މައުލޫމާތެވެ! ނުފެތުރިގެން ތިއަ އުޅެނީ ވެސް އިސްލާމް ދީނުގެ ކަންކަމެވެ. އެކަމަކު ތިއަ ބުނަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ސުވަރުގެ ވަންނަން ބޭނުންވާ ކަމަށެވެ! ނިކަން ބުނެބަލާށެވެ! ތިއަ ބުނެވެނީ ދެކޮޅު ޖެހޭ ވާހަކައެއް ހެއްޔެވެ؟ 

ދުނިޔޭގައި ކިތަންމެ ކުރު މުއްދަތަކަށް އުޅެފައި މަރުވާ މީހާއަށްވެސް އިސްލާމް ދީނުގައި ކަންކަން ބަޔާންވެގެންވާ ގޮތް ނުއެނގޭކަމަށް ބުނެ ﷲ ތަޢާލާގެ ޙަޟްރަތުގައި ދެއްކޭނެ އެއްވެސް ބަހަނާއެއް މިޒަމާނަކު ނެތެވެ. އެހެނީ އިސްލާމް ދީން އުނގެނެން މައްކާ، މަދީނާއަށް ނުވަތަ މިޞުރަށް ދާކަށް މިހާރަކު ނުޖެހެއެވެ.

އެހެނީ ކޮންމެ ތަނެއްގައި ހުރެގެން ނަމަވެސް ބޭނުންކުރާ ކޮމްޕިޔުޓަރާއި އަތުގައި އޮންނަ ފޯނުން ނުހޯދޭނެ އެއްވެސް މައުލޫމާތެއް މިހާރަކު ނެތެވެ. މާގިނަ ފޮތްތަކެއް ހާވައިހަދާކަށްވެސް ނުޖެހެއެވެ. ބޭނުންވާ މައުލޫމާތާއި ބޭނުންވަނީ ޤުރްއާނުންކަން ނުވަތަ ކޮން ޙަދީޘްފޮތަކުންކަން ގޫލްސްކޮށްލުމުން ވަގުތުން ލިބޭތީއެވެ. ލިބުނު މައުލޫމާތުން އޮޅުން ނުފިލައިފިނަމަ އިތުބާރުކުރެވޭ ދީނީ ޢިލްމުވެރިންގެ އަރިހުން އަހައި އޮޅުން ފިލުވުމުގެ ފުރުޞަތުވެސް ހަމައެހައި ފަސޭހައިން އޮތީ ފަހިވެފައެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުން ޢިލްމުވެރިއަކާއި ސުވާލުކުރުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ. 

މީގެ އިތުރުން ސޯޝަލް މީޑިއާގައި އެތައް މިލިއަން ދަރުސްތަކެއް އެބަ ދައުރުކުރެއެވެ. އިތުބާރުކުރާ ޢިލްމުވެރިޔާ އާއި މައުޟޫޢު ގޫގްލް ކޮށްލުމުން ވަގުތުން އެ މައޫޟޫއަކާއި ގުޅުންހުރި އެތައް ބައިވަރު ދަރުސްތަކެއްގެ ޔޫޓިޔުބާއި ފޭސްބުކް ލިންކްތައް ވަގުތުން އެބަ ލިބެއެވެ. ގޭގެ ސިޓިންގރޫމްގައި އިނދެ ބަލައި އަޑުއަހައިލެވެއެވެ. 

މިހުރިހައި ކަންކަން މިހައި ފަހިކޮށްދެއްވެވީ ހަމަ ﷲ ތަޢާލާއެވެ! ވީމާ ހަމަ އެ ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުރެ ދެއްކޭނީ ކޮން އިތުރު ބަހަނާތަކެއް ހެއްޔެވެ؟

 

- ލަވް ﷲ 328 ގެ ދަރުސަކުން

 

--

މިއަދު އޮންލައިން