ސަމާލުވާތި! ދެމަފިރިން ނަމަވެސް އަހުދު އުވާލާއިރު މަޝްވަރާ ނުކުރާނަމަ ދީނެއް ނެތް މީހަކަށްވެދާނެ! އެއީ ވަރަށް ބިރުހުރިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ސަމާލުވާތި! ދެމަފިރިން ނަމަވެސް އަހުދު އުވާލާއިރު މަޝްވަރާ ނުކުރާނަމަ ދީނެއް ނެތް މީހަކަށްވެދާނެ! އެއީ ވަރަށް ބިރުހުރިކަމެއް!

"އަޅުގަނޑު ކައިވެނިކުރީ ދެމީހުންވެސް އެކަކު އަނެކަކަށް ވަރަށް ގިނަ ވައުދުތަކާއި އަހުދުތައްވުމަށް ފަހުގައެވެ. ހުވާތައްވެސް ކުރުމަށްފަހުގައެވެ. ނަމަވެސް އެކަންކަން ދެމިއޮތީ އެންމެ 3 މަސްދުވަހަށެވެ. އެހުރިހާ ކަންކަން ހަނދާން ނައްތާލައި ބޮލާލާޖަހައި ވަރިވެސްކޮށްލައިފިއެވެ. ކުރި ވައުދުތަކާއި އަހުދުތަކާއި ހުވާތައް އުވައިލީމާ އެމީހަކަށް އޮންނާނީ ކޮން ގޮތެއްތޯއެވެ؟" 

ތިއައީ ވަރަށް ގިނައިން ދިމާވާ ޙާލަތެކެވެ. ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިލައްވާނެ ކަމަށް ހީކުރަމެވެ. 

އަހުރެމެންގެ ދީނަކީ އަހުދުތަކަށް ކަމޭ ހިތައި އިޙްތިރާމްކުރުމުގެ ދީނެވެ. އަހުދުވުމަށްފަހު އަހުދަށް ފަރުވާތެރިވެ ރައްކައުތެރިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަހުދަށް ރައްކައުތެރި ނުވެވުމަކީ ފާފައެކެވެ. އެކަން އެނގެނީ އަންނަނިވި ޙަދިޘްފުޅުންނެވެ. 

އިމާމް އަޙްމަދު ރިވާ ކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައި ވަނީ "އެމީހެއްގެ އަމާނާތްތެރިކަމެއް ނެތް މީހާގެ އީމާންތެރިކަމެއް ނުވެއެވެ. އަހުދުތަކަށް ފަރުވާތެރި ނުވާ މީހާގެ ދީނެއް ނުވެއެވެ." (މާނަކޮށްދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް) 

ވަރަށް ގިނަ ފަހަރު ކައިވެނިކުރެވެނީ ވައުދުތަކާއި އަހުދުތައްކުރުމާއިއެކުގައެވެ. އެކަކު އަނެކަކަށް އެތައް ގިނަ ކަންތައްތަކެއް ކޮށްދޭނެ ކަމުގެ ވައުދުތަކާއި އަހުދުތައްވެފައެވެ. ވީމާ މެދުވެރިވާ ކަމެއްގެ ސަބަބުން ދެމަފިރިންގެ ގުޅުން ކެނޑޭފަދަ ޙާލަތެއް މެދުވެރިވި ނަމަވެސް ކުރިންވެފައިވާ ވައުދުތަކާއި އަހުދުތައް ފުއްދަންވާނެއެވެ. ރޫޅައިލާނަމަ ދެމީހުންގެ މެދުގައި މަޝްވަރާކޮށް އެކަކު އަނެކަކަށް މާފުކުރަންވާނެއެވެ. މާފުހޯދަންވާނެއެވެ! 

ކައިވެނިކޮށްފިނަމަ އެކަކު އަނެކަކަށް ކަންތައްތަކެއް ކޮށްދޭނެކަމަށް ބުނެފައިވާނަމަ ކަންކަން ކޮށްދޭންވާނެއެވެ! އެހެނީ ކައިވެނި އެވަނީ ކުރެވިފައެވެ. ކައިވެނި ރޫޅެން ޖެހުމަކީ އިތުރު ކަމެކެވެ. ކޮށްނުދީ ދޫކޮށްލެވޭނީ އެކަމެއް ކޮށްދޭން ޖެހޭނެ ވަކި ޝަރުޠުތަކެއް ކަނޑައަޅާފައިމެ އެ ޝަރުޠުތައް ފުރިހަމަނުވާނަމައެވެ. އެ ޝަރުޠުތައް ފުރިހަމަނުކުރެވޭ ނަމައެވެ. 

ވައުދުވީ މީހާ ބޭނުންވެގެން ކައިވެނި ރޫޅައިލާނަމަ ވެފައިވާ ވައުދުތައް ފުއްދައި ނުދީވާނެ ހަމަ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. ވެފައިވާ ހުރިހާ ވައުދުތަކެއް ޖެހޭނީ ފުއްދައިދޭށެވެ! ނޫންނަމަ އެކަން ވާނީ ދަރަންޏަކަށެވެ! އަދާކުރަން ނުޖެހއެއް ނުދާނެއެވެ. 

ވީމާ ކުރެވިފައވާ ވައުދުތަކާއި އަހުދުތަކަށް ފުރިހަމައަށް ރައްކައުތެރިވާށެވެ! އެއީ ކޅިވަރެއް ކަމަށް ނުހަދާށެވެ! ލިޔެފައި ނެތި ދުލުން ބުނެވިފައިވީނަމަވެސް ހެއްކެއް ނެތް ނަމަވެސް މެއެވެ. އެބަސްތައް މަލާއިކަތުން ވަނީ ފަތުގައި ލިޔުއްވަވައިފައެވެ. ވައުދާއި އަހުދު ފުއްދުމަކީ ތިމާގެ ދިރިއުޅުމުގައި ރަޙްމަތް ލައްވަވާ ސަބަބެއްވެސްމެއެވެ! ރަޙްމަތް ލައްވަވާ ސަބަބެއްވެސްމެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން