ސުވާލު ފެށެނީ ކައްވަޅަކުން ނޫނެވެ! މަރުވުމުގެ ވަޤުތުގަ ދިރިހުއްޓައެވެ! ސަލާމަތް ހޯދަންޖެހޭކަން ޤުރްއާނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ސުވާލު ފެށެނީ ކައްވަޅަކުން ނޫނެވެ! މަރުވުމުގެ ވަޤުތުގަ ދިރިހުއްޓައެވެ! ސަލާމަތް ހޯދަންޖެހޭކަން ޤުރްއާނުން!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވަނީ މިފަދައިންނެވެ. 

"ހަމަކަށަވަރުން އެއުރެންގެ ނަފްސްތަކަށް އަނިޔާވެރިވެގެންތިބޭ ޙާލުގައި، މަލާއިކަތުން، އެއުރެންގެ މަރު ހިއްޕަވާ މީހުންނަށް ވިދާޅުވާނެތެވެ؟ ތިއަބައިމީހުން އުޅުނީ ކޮންގޮތެއްގައި ހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. ތމަންމެންވީ، ބިމުގައި ނިކަމެތިކަންލިބިގެންވީ ލިބިގެންވީ ބައަކު ކަމުގައެވެ. އެބޭކަލުން ވިދާޅުވާނެތެވެ. ތިއަބައިމީހުން، އެ ބިމުގައި ހިޖުރަކުރުމަށް ﷲ ގެ ބިން ތަނަވަސްވެގެން ނުވޭހެއްޔެވެ؟ ފަހެ (ޤިޔާމަތް ދުވަހުން) އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. އެއީ ނުބައިވެގެންވާ ނިމިދިއުމެކެވެ." (އައްނިސާ: 97) 

މިބަޔާންކުރި އާޔަތުން އެނގިގެންދަނީ އެމީހަކު މަރުވުމުގެ ވަގުތުގައި މަލާއިކަތުން ކުރައްވަވާ ސުވާލަށް ޖަވާބު ނުދެވޭ ހާލަތުގައި މަރުހިއްޕަވާ މީހުންނަށް ވަނީ ނަރަކައިގެ ގަދަފަދަ ޢަޛާބުކަމެވެ. ވީމާ ތައުބާވުން އަވަސްކޮށް މަރުމަތީގައި ކުރެވޭ ސުވާލަށް ޖަވާބުދެވޭނެ މީހަކަށްވާށެވެ! ކައްވަޅުގައި ކުރެވޭ 3 ސުވާލަށްވެސް ޖަވާބުދެވޭނީ އެއިރުންނެވެ. 

ބައެއް މީހުން ހީކުރަނީ ތިމާ އާއި ސުވާލުކުރެވެން ފެށެނީ ކައްވަޅުން ކަމަށެވެ. ނަމަވެސް ސުވާލުކުރަން ފެށެނީ ދުނިޔޭގައި ހުއްޓައިކަމާއި މަރުވުމުގެ ވަޤުތުގައިކަން ކީރިތި ޤުރްއާނުން މިބަޔާންކުރީއެވެ. 

އަދި ކީއްހެއްޔެވެ؟ ކައްވަޅުގައި ސުވާލުކުރަން ފޭށޭކަމަށް ހީކުރެވުނު ނަމަވެސް އެކަމުންވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ޖަވާބު ދެވޭނީ ޖަވާބު ދެވޭނެ ގޮތަށް ދުނިޔޭގައި އުޅެފައިވާނަމައެވެ. ވީމާ ނަރަކައިގެ ޢަޛާބުން ސަލާމަތްވާން މިއަދު މަސައްކަތްނުކުރިނަމަ އެއްވެސް މަރުޙަލާއެއްގައި ސަލާމަތްކަމެއް ނެތެވެ. އޮތީ ހިތާމައާއި ހިތްދަތިކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން