މައްޔިތާގެ ފާފަފުއްސެވުން އެދި ކުރެވިދާނެ ދުޢާއެއް! ޖަނާޒާގަ ބައިވެރިނުވެވުނަސް ކޮންމެ ތަނެއްގައި ހުރެގެންވެސް ދުޢާކުރުން ގިނަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
މައްޔިތާގެ ފާފަފުއްސެވުން އެދި ކުރެވިދާނެ ދުޢާއެއް! ޖަނާޒާގަ ބައިވެރިނުވެވުނަސް ކޮންމެ ތަނެއްގައި ހުރެގެންވެސް ދުޢާކުރުން ގިނަކުރާށެވެ!

މީހަކު މަރުވުމުން އެމީހެއްގެ ޖަނާޒާގައި ބައިވެރިވުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ދީނުގައި އޮތް ޙައްޤުތަކުގެ ތެރެއިން ޙައްޤެކެވެ. އެހްނަކަމާއިއެކުވެސް ކަންކަން ދިމާވާ ގޮތަކުން ޖަނާޒާގައި ބައިވެރި ނުވެވިވެސްދާނެއެވެ. 

އެފަދަ ޙާލަތުގައިވެސް މައްޔިތާގެ މައްޗަށް ހެޔޮދުޢާކުރާށެވެ! އެއީ ކޮންމެ ތަނެއްގައި ހުރެގެންވެސް ކުރެވެން އޮތް ކަމެކެވެ. ދުޢާކުރަންވީ އެންމެ ފަހަރަކުވެސް ނޫނެވެ. ވީހައި ގިނައިންނެވެ. އަދި ކަށުނަމާދުކޮށް ޖަނާޒާގައި ބައިވެރިވިނަމަވެސް މައްޔިތާއަށްޓަކައި ހެޔޮދުޢާކުރުން ހުއްޓައިލުމެއް ނެތެވެ. 

"ކަށުނަމާދުގައިވެސް މައްޔިތުންނަށް ކޮށްދެނީ ހެޔޮ ދުޢާއެވެ. އެ ދުޢާ ކުރުމަކީ ކަށުނަމާދު ކުރުމަށްފަހު ހުއްޓާލަން ޖެހޭ ކަމެއް ނޫނެވެ. މައްޔިތާއަށްޓަކައި އަބަދާއި އަބަދު އިޚްލާޞްތެރިކަމާއިއެކު ހެޔޮ ދުޢާކޮށް ދިނުމަކީ އޭނާއަށްޓަކައި ކޮށްދެވޭނެ ހެޔޮ ކަންތަކެވެ."

- ޑރ. މުޙައްމަދު އިޔާޟްޢަބްދުއްލަޠީފް 

މައްޔިތާއަށްޓަކައި މިފަދައިންވެސް ދުޢާކުރެވިދާނެއެވެ! 

اللَّهُمَّ اغْفِرْ لحَيِّنَا وَمَيِّتِنَا وَشَاهِدِنَا وَغَائِبِنَا وَصَغِيرِنَا وَكَبِيرِنَا وَذَكَرِنَا وَأُنْثَانَا "

O Allah, forgive our neighbors and our dead, and we have seen and absent, our little, 

އަބަދުވެސް ހަނދާން ކުރަންވީ ކޮންމެ މީހަކީވެސް ކޮންމެ ވަގުތަކުވެސް މަރުވާނެ މީހެއްކަމާއި  ތިމާ މަރުވާނެ ވަގުތުވެސް ނުއެނގޭނެކަމެވެ. ރާއްޖެއަށް ބަލައިފިނަމަ މީހުން ދިރިއުޅެމުން މިދަނީ ގިނަ ރަށްތަކެއްގައެވެ. ވީމާ އެމީހަކަށް ބައިވެރިވެވޭނީ އެމީހެއްގެ ރަށުގައި ބާއްވާ ޖަނާޒާތަކުގައެވެ. އެހެންކަމަށްވީނަމަވެސް ކޮންމެ ރަށެއްގައި ހުރެގެންވެސް މައްޔިތާއަށްޓަކައި ހެޔޮދުޢާކުރެވޭނެއެވެ. 

ހިތްވަރުކޮށްލާފައިވެސް ކަށުނަމާދާއި ޖަނާޒާގައި ބައިވެރިވާން މަސައްކަތްކުރާށެވެ! އެއީ އުހުދު ފަރުބަދަވަރުގެ އުސް ދެ ފަރުބަދައިގެ ޘަވާބު ދެއްވަވާނެ ކަމެއްކަން ޙަދީޘުން އެނގެން އެބައޮތެވެ.

މިއަދު އޮންލައިން