ޤިޔާމަތް ދުވަހު ނިކަމެތިކަމާއެކު ހުއްޓިހުރެ ﷲ އާ ބައްދަލުކުރަން ޖެހޭނެކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހާގެ ކިބައިގަ ހުންނަންޖެހޭނެ ސިފަތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ޤިޔާމަތް ދުވަހު ނިކަމެތިކަމާއެކު ހުއްޓިހުރެ ﷲ އާ ބައްދަލުކުރަން ޖެހޭނެކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހާގެ ކިބައިގަ ހުންނަންޖެހޭނެ ސިފަތައް!

ކިތަންމެ ބޮޑުތަނަވަސްކަމެއް ލިބިގެން ކިތަންމެ ގިނަ ހަށިފާރަވެރިން ބައިތިއްބައިގެން ދުނިޔޭގައި އުޅުނު ނަމަވެސް އަދި އެނޫން މީހުންވެސް ޤިޔާމަތްދުވަހު މާތް ﷲ އާއި ބައްދަލުކުރަންޖެހޭނެކަމާއި ﷲ ގެ ޙަޟްރަތުގައި ހުއްތިހުންނަންޖެހޭނީ ތިމާގެ އެއްވެސް ބާރެއް ނެތި ނިކަމެތިކަމާއިއެކުގައިކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހާގެ ސިފަތައް: 

ފުރަތަމަ ސިފައަކީ މާތް އަށް ބިރުވެތިވުމެވެ. މާތް ﷲ އަށް ބިރުވެތިވާ މީހާ ތެދުވެރިވާނެއެވެ. ތެދުވެރިއަކު ކޮންމެ ކަމެއްގައިވެސް ބުނާނީ ޙައްޤު ތެދުބަހެވެ. އަމަލުކުރާނީ ޙައްޤަށެވެ. މާތް ﷲ އެންގެވި ގޮތަށެވެ. 

ތެދުވެރިކަމުގެ އިދިކޮޅަކީ ދޮގުވެރިކަމާއި މަކަރުވެރި ކަމެވެ. އަނިޔާވެރިކަމެވެ. މިސިފަތަކަކީ މީހާ ނަރަކައާއި ދިމާއަށް ދަމައި ގެންދާ ސިފަތަކެވެ. މިސަބަބަށްޓަކައި މާތް ﷲ އަށް ބިރުވެތިވާ މީހާ އަށް ބަލައިފިނަމަ އެފަދަ މީހެއްގެ އެކުވެރިންގެ ގޮތުގައި ގެންގުޅޭނީ ވެސް އޭނާ ފަދަ މީހުންނެވެ. އަނިޔާވެރިންނާއި ދޮގުވެރިންނާއި މަކަރުވެރިންނެއް ނުގެންގުޅޭނެއެވެ. 

ހަމަ އެއާއިއެކު ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެއް އެބައޮތެވެ. އެއީ "ތިއަބައި މީހުން މާތްﷲ އަށް ބިރުވެތިވުމަށާއި ތެދުވެރިންނާއިއެކު ވުމަށް" މާތްﷲ ވަޙީކުރައްވަވާފައިވާ ބަސްފުޅެވެ. މި ބަސްފުޅަށް ބަލައިފިނަމަ އަޅުގަނޑުމެން ގުޅިގެން އުޅެންވީ ކޮން ބައަކާއިއެކުގައިކަން ވަރަށް ރަނގަޅަށް އެނގިގެން އެބަދެއެވެ. ސުވަރުގެ ހޯދުމަށް އެދޭނަމަ އޮތީ މާތް ﷲ އެންގެވި ގޮތުގައި ސާބިތުވެ ދެމިތިބުމެވެ. 

މާތް ގެ ޙަޟްރަތާއި ބައްދަލުކުރަން ޖެހޭނެކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހާއަށް ސުވަރުގެ ލިބޭނެއެވެ. އެކަން އެނގިގެންދަނީ ސުވަރުގެ ލިބޭނެ ދެ މީހުން ކަމަށް އެނގެން އޮތް 2 މީހުންގެ ތެރޭގައި މާތް ގެ ޙަޟްރަތާއި ބައްދަލުކުރަން ޖެހޭނެކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހާ ހިމެނިފައިވާތީއެވެ. 

ސުވަރުގެ ލިބޭނެ ދެވަނަ މީހާއަކީ ހަވާނަފުސަށް ބޯ ނުލަނބައި ނަފްސް ކޮންޓްރޯލްކުރާ މީހާއެވެ. 

އެއީ އެކަމެއް ކުރަން ތިމާގެ ހިތް ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް އެކަމަކީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަމެއް ނޫންނަމަ ﷲ ތައާލާއަށް ބިރުވެތިވެ އެކަމެއް ނުކުރުމެވެ. ޝައިޠޯނާ ދޭ ވަސްވާސްތަކަށް ނުހއްލި ޙައްޤު މަގުގައި ސާބިތުވުމެވެ. އެނގިގެން މިދަނީ އެފަދަ މީހުންނަކީވެސް ސުވަރުގެ ދެއްވަވާނެ މީހުންކަމެވެ.  

- އައްޝައިޚް ޔޫސުފް ޙުސައިންގެ ދަރުސަކުން

މިއަދު އޮންލައިން