ހެޔޮލަފާ ފިރިމީހާ މަސައްކަތްކުރާނީ އޭނާ އާއިއެކު ތިބާ ސުވަރުގެ ގެންދާށެވެ! ސުވަރުގޭގެ ދާއިމީ ޙަޔާތުގައި ދެމީހުން އެކުގައިވުމަށެވެ.
އެހެނަސް ބޯއިފްރެންޑާއިމެދު ވިސްނާށެވެ! ބޯއިފްރެންޑްގެ ޢަމަލުތަކުން ތިބާ ވާނީ ދީނުން ބޭރެވެ! ހެޔޮ ލަފާ ފިރިމީހާގެ ޙައްޤުތަކަށް އިސްކަންދީ ސުވަރުގެ ޙާޞިލުކުރާށެވެ!
ވިސްނާށެވެ! ކައިވެނިކޮށްގެން ހުރެ ލޯބިވެރިން ހޯދައިގެން ގެންގުޅޭ އެންމެންވެސް ސަމާލުކަންދޭށެވެ! ލޯބިވެރިޔާއާއިއެކު ކުރެވޭ ހުއްދަނޫން ކޮންމެ ޢަމަލަކީ ފާފައެވެ. އެދެވެނީ ނަރަކައާއި ގާތަށެވެ. އެކުރެވެނީ މުސްތަޤްބަލަށްޓަކައި ﷲ ތަޢާލާ ލައްނަތް ލައްވަވައިފާނެ ކަންކަމެވެ.
އަދި ކީއްހެއްޔެވެ! ކައިވެނިނުކުރާތީ އެކަނި ހުރެގެން ނަމަވެސް ކައިވެނީގެ ބޭރުން ގުޅުން ހިންގުމަކީ އެމީހެއްގެ ކުރިމަގު ﷲ ތަޢާލާ ބަންދުކުރައްވަވައިފާނެ ކަމެކެވެ. ނިކަމެތިކުރައްވަވައިފާނެ ކަމެކެވެ. ބިރުވެތިވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން