ގިނައިން ހީނ އުޅޭ މީހުންނާއި އެހެން މީހުންނަށް ހީނދޭ މީހުންވާނީ ޝައިޠޯނާ އުފާކޮށްދޭ މީހުން ކަމުގައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ގިނައިން ހީނ އުޅޭ މީހުންނާއި އެހެން މީހުންނަށް ހީނދޭ މީހުންވާނީ ޝައިޠޯނާ އުފާކޮށްދޭ މީހުން ކަމުގައެވެ!

މީހަކު ގިނައިން ހޭނަމަ އެމީހަކު ލައްވާ އެކަން ކުރުވަން ގިނަ ބައަކު މަސައްކަތްކުރެއެވެ. އެކުރުވެނީ ކިހައިވަރެއްގެ ނުބައިކަމްބޮޑު ކަމެއްކަމާއި އެކުވެރިޔާއަށް މިދެވެނީ ކިހާބޮޑު އަނިޔާއެއްކަމާއިމެދު ވިސްނައިވެސް ނުލައެވެ. 

މިކަމުގައި އެންމެ ބޮޑަށް އިސްނަގައި އެކަންކުރުވަނީ އަންހެނުންކަން ފާހަގަކުރެވެއެވެ. އަންހެނުންގެ ގިނަ ބައްދަލުވުންތަކުގައި ގިނަ ވަގުތު ހޭދަކުރާނީ ކޮންމެވެސް ގޮތަކުން ކޮންމެވެސް އެއް އަންހެނަކު ލައްވައި ހުނުވަންކަން ފާހަގަކުރެވެއެވެ. 

އެއީ ކަނޑައެޅިގެން އިބިލީހުގެ ފަރާތުން އަންނަކަމެކެވެ. އެއްސަބަބަކީ މަޑުން ތިބެ ﷲ ތަޢާލާގެމަތިން ހަނދުމަކުރުމުން އެ ބައްދަލުވުމުގައި ބަރަކާތް ލައްވަވާނެތީ އެކަމަށް ހުރަސް އެޅުމެވެ. ރަޙްމަތުގެ މަލާއިކަތުން ގާތްވިއަ ނުދިނުމެވެ. އެއިރުން ބައްދަލުވުމުގެ ބައިވެރިންނަށް ވަސްވާސްދީ މަގުފުރައްދަން ފަސޭހަވެގެންދާނެތީއެވެ.  

ސަމާލުކަންދޭށެވެ!  

އެހެން މީހުން ހެއްވަން ހޭނަމަ އެމީހާގެ ދަރަޖަ ތިރިވެގެން ހިނގައިދާނެއެވެ. އަދި ކީއްހެއްޔެވެ؟ ހެއްވި މީހުން ވެސް ފަހުން ކުރާނީ މަލާމާތާއި ފުރައްސާރައެވެ. މޮޔައަކަސް ހައްދުވައިލެވުނީތީ އަތްތިލަބަޑި ޖަހާނެއެވެ!

ޙަދީޘްފުޅުގައި އޮތީ "ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާ ކަންކަން ތިއަބައިމީހުންނަށް އެނގޭނަމަ ހުނުން މަދުކުރާނެ" ކަމަށެވެ. "ކަރުނައެޅުން ގިނަކުރާނެ ކަމަށެވެ!"

ދިރިއުޅުމުގައި މިބާވަތުގެ ކަންކަމަށް ސަމާލުކަންދޭށެވެ! ގުނބޯލަށްނުވާށެވެ! ﷲ ގެ ލޯބިވެވޮޑިގަތުން ނުލިބޭނެ ހަމަ އެއްވެސް ކަމެއް ނުކުރާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން