ﷲ އެންގެވި ގޮތަށް ނިދާށެވެ! އެއިރުން ނިދީގަ ތިބާ މަރުވެއްޖެ ނަމަ ﷲ ގެ ޙަޟްރަތަށް ގެންދެވެނީ ކިޔަމަންތެރި އަޅެއްގެ ގޮތުގައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ﷲ އެންގެވި ގޮތަށް ނިދާށެވެ! އެއިރުން ނިދީގަ ތިބާ މަރުވެއްޖެ ނަމަ ﷲ ގެ ޙަޟްރަތަށް ގެންދެވެނީ ކިޔަމަންތެރި އަޅެއްގެ ގޮތުގައެވެ!

މުސްލިމެއް ނަމަވެސް ކާފިރެއް ނަމަވެސް މަލާއިކަތުން އެމީހާގެ ފުރާނަ ހިއްޕެވުމަށްފަހު އެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވަތެވެ. ފުރާނައާއިމެދު ގޮތް ނިންމަވަނީ ﷲ ތަޢާލާއެވެ. 

ހެޔޮލަފާ މީހުންގެ ފުރާ ހިއްޕަވާނީ ރަޙްމަތުގެ މަލާއިކަތުންނެވެ. ބާއްޖެވެރިއެއް ކަމުގެ އުފާވެރި ޚަބަރުދެއްވެވުމާއިއެކުގައެވެ. ފުރާނަ ހަށިގަނޑުން ނެރުއްވަވާނީވެސް ނުހަނު އޯގާތެރިކަމާއިއެކުގައެވެ. ރަސޫލް () އެކަމުގެ މިޘާލު ޙަދީޘްފުޅުކުރައްވަވާފައިވަނީ ފެންޖަގަކުން ފެން އޮއްސައިލެވޭ މިސާލުގައެވެ. އެހައި ލުއިފަސޭހަ ގޮތަކަށް ކަމަށެވެ. 

ފުރާނަ ހިއްޕެވުމަށްފަހު ﷲ ތަޢަލާގެ ޙަޟްރަތަށް ފުރާނަ އުފުއްލެވުމުން ވެސް އުފާވެރިކަމުގެ ޚަބަރުލިބިގެންދާނެތެވެ. އަދި ޤިޔާމަތް ދުވަހާއި ހަމައަށް ކައްވަޅުގައި އަރާމުގައި އޮތުމަށް އަނބުރައި ބިމަށް ފޮނުއްވެވޭނެތެވެ.

ވީމާ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއް ކަމަކީ އެމީހާގެ ފުރާނަ ﷲ ތަޢަލާއަށް ކިޔަމަންތެރި އަޅެއްގެ ގޮތުގައި އުފުލުމަށެވެ. ވީމާ ކޮންމެ ރެއަކުވެސް ނިދިމުގެ ކުރިން ނިދީގައި މަރުވެދާނެކަމަށްޓަކައި ވެސް ނިދުމަށް ތައްޔާރުވާންޖެހޭނެއެވެ. 

އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން ދުވަހު ކުރަންޖެހޭ ފަރުޟުނަމާދުތައް ކުރެވިފައިވާކަން ކަށަވަރުކުރަންވާނެއެވެ. އެއަށްފަހު ރޭގަނޑު ނިދުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކުރަންވާނެއެވެ. ވިތުރިކޮށް ބަޤަރާ ސޫރަތުން 10 އާޔަތްކިޔަވައި ޚާއްޞަކޮށް ފަހު 2 އާޔަތާއި އާޔަތުލްކުރުސި ކިޔަވަންވާނެއެވެ. ޛިކުރުތައް ކިޔަންވާނެއެވެ. އެއަށްފަހު ވުޟޫކުރަންވާނެއެވެ.

އެގޮތުގައި ނިދާފައި އޮއްވައި އެމީހަކު މަރުވެއްޖެ ނަމަ އެމަރުވެވެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކޮށްގެން އޮއްވައެވެ. ކޔަމަންތެރިކަންމަތީގައެވެ! އެއިރުން އެމީހާގެ ފުރާނަ ﷲ ތަޢަލާގެ ޙަޟްރަތަށް އުފުއްލޭހުށީ ކިޔަމަންތެރި އަލެއްގެ ގޮތުގައެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން