މަރުވަން ދަތިވެގެން އުޅޭ މީހަކަށް سيد الاستغفار ތަށްޓެއްގައި ލިޔެ ބޯންދީފިނަމަ އޭނާއަށް މަރުވުން ލުއިފަސޭހަކޮށް ދެއްވާނެއެވެ.
سيد الاستغفار އަކީ (اللَّهُمَّ أَنْتَ رَبِّى لاَإِلَهَ إِلاَّأَنْتَ خَلَقْتَنِى وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَااسْتَطَعْتُ أَعُوْذُبِكَ مِنْ شَرِّمَاصَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ وَأَبُوْءُ بِذَنْبِى فَاغْفِرْلِى فَإِنَّهُ لاَيَغْفِرُ الذُّنُوْبَ إِلاَّأَنْتَ)
- އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ލިޔުއްވާފައިވާ އޮނަސައްތަ އިސްމުފުޅު ފޮތުން
ސައްޔިދުލްއިސްތިޣްފާރުކިޔުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ އިޚްލާޞްތެރިހިތަކާއިގެން އެކަން ޔަޤީންކުރާޙާލު ހެނދުނު ކިޔަވައިގެން ހުއްޓައި ހަވީރުވުމުގެ ކުރިން އަދި ހަވީރު ކިޔަވައިގެން ހުއްޓައި ހެނދުނުވުމުގެ ކުރިން މަރުވެއްޖެނަމަ އެމީހަކަށް ސުވަރުގެ ދެއްވަވާނެ ކަމަށް ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައި އޮތުމުން ސުވަރުގެ ދެއްވެވުން އެދި ހެނދުނާއި ހަވީރު ކިޔެވުމެވެ.
ސައްޔިދުލްއިސްތިޣްފާރު އަކީ ފާފަފުއްސަވައިދެއްވެވުން އެދި ކުރެވޭ އެންމެ މަތިވެރި ދުޢާއެވެ. ނުވަތަ އިސްތިޣްފާރެވެ. އެހެންކަމުން އެއީ އިސްތިޣްފާރުތަކުގެ "މައި" އިސްތިޣްފާރެވެ! އަދި މަންމަ ކަމުގައިވެސް ބުނެވެއެވެ.
ކޮންމެވެސް ދުވަހަކު ނުވަތަ ކޮންމެވެސް ރޭގަނޑަކު އަހަރެމެން ކޮންމެ މީހަކުވެސް މަރުވާނެއެވެ. އެއީ ޔަޤީންކަމެވެ. ކޮންމެ ދުވަހަކު ނުވަތަ ރޭގަނޑަކު މަރުވި ނަމަވެސް سيد الاستغفار ކިޔައިގެން ހުރުމަކީ ސުވަރުގެ ދެއްވެވުން އެދި ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ.