ޙަސަދަވެރިންނާ ޢަދާވާތްތެރިންގެ ކިބައިން ސަލާމަތްވުމަށް މިމަގުން މަސައްކަތްކުރާ މީހަކަށް ކާމިޔާބު ދެއްވަވާނެ! އިން ޝާ ﷲ.: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ޙަސަދަވެރިންނާ ޢަދާވާތްތެރިންގެ ކިބައިން ސަލާމަތްވުމަށް މިމަގުން މަސައްކަތްކުރާ މީހަކަށް ކާމިޔާބު ދެއްވަވާނެ! އިން ޝާ ﷲ.: މުފްތީ މެންކް

ޢަދާވާތްތެރިކަން ހިތުގައި ސިއްރުކޮށްގެން ތިބެވިދާނެއެވެ. އަދި އެކަން އަނެކާއަށް ނުވެސް އެނގިދާނެއެވެ. އެހެނަސް އެންމެންގެ ހިތްތައް ދެކެދެނެވޮޑިގެންވާ ފަރާތަށް އެކަން ސިއްރެއް ނުކުރެވޭނެއެވެ. އެކަން ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވައިފައެވެ.

"ތިއަބައިމީހުންނަށް ޢަދާވާތްތެރިވާ މީހުން ތިބިކަން ތިމަން ﷲ ދެނެވޮޑިގެންވަމެވެ. އެ ޢަދާވާތްތެރިން ތިއަބައިމީހުންނަށްވުރެ ބޮޑަށް ދެނެވޮޑިގެންވަނީ ތިމަން ﷲއެވެ." މިއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ.

އަހަރެމެން ކޮންމެ މީހެއްގެވެސް ޢަދާވާތްތެރިން ތިބޭނެއެވެ. ރުޅިއަންނަ މީހުންނާ ޙަސަދަވެރިވާ މީހުންވެސް ތިބޭނެއެވެ. ނަމަވެސް ގިނަ ފަހަރު ޢަދާވާތްތެރިންކަމުގައި ބެލެވެނީ ޙަޤީޤީ ޢަދާވާތްތެރިންނެއް ނޫނެވެ. ހެޔޮ އެދޭ މީހުންނެވެ. އަދި ގާތްއެކުވެރިންކަމުގައި ޢަދާވާތެރިންވެސް ހަދަމުއެވެ.

މިއީ އަހަރެމެން އެންމެންގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ ކުރުވާ ކަންކަމެވެ. އަހަރެމެންނަށް ހެޔޮ ނަޞޭޙަތްދީ ދީނުގައިވާ ގޮތަށް ކަންކަން ކުރުވަން ބާރުއަޅާމީހުންނާއިމެދު ޝައްކު އުފައްދުވައި  ބޮލުގައި ކޮންމެވެސް ނުބައި ތުހުމަތުތަކެއް އަޅުވައި އެއީ ޢަދާވާތްތެރިންކަމުގައި ވިސްނައިދެނީ ޝައިޠޯނާއެވެ. ހަމައެއާއިއެކު ނުބައި ނުލަފާ މީހުންނަކީ މާހެޔޮއެދޭނެ، މާރަނގަޅުބައެއްކަމުގައި ދައްކުވައިގެން އަހަރެމެންނާއި ކައިރިކުރުވަނީ ވެސް ހަމަ ޝައިޠޯނާއެވެ.

މިކަންކަމުން ސަލާމަތްވާން އޮތް މަގަކީވެސް ﷲ ތަޢާލާ އާއި ކުއްތަންވުމެވެ. އެއިރުން ޢަދާވާތްތެރިން ދެނެގަތުމުގެ ކުލަދާނަކަން ﷲ ތަޢާލާ ދެއްވަވާނެތެވެ! ހަމައެއާއިއެކު އެކުވެރިއަކާއިމެދު ނުބައި ގޮތަކަށް ޝައްކުކުރެވޭނަމަ އެޝައްކުގެ ޙަޤީޤަތް ހޯދަން މަސައްކަތްކުރާށެވެ! ޙަޤީޤަތް އެނގި ޝައްކުފިލަންދެން އެމީހަކާއި ކުޑަކޮށް ދުރުހެލިވެލާށެވެ! އެއީ އެއްވެސް ގެއްލުމެއް ލިބޭނެ އަދި ނުބައެއްވެސް އޮތްކަމެއް ނޫނެވެ.

ނަމަވެސް ޙަޤީޤަތް ނުބަލައި އެއްވެސް އެކުވެރިއަކާއި ގުޅުންކަނޑައިނުލާށެވެ! ގުޅުން ކަނޑައިނުލާނަމަ ޙަޤީޤަތް އެނގި ޝައްކުފިލުމުން އެކަމުގައި ނުބައެއް ނެތްނަމަ ކައިރިވެވޭނެއެވެ. ނަމަވެސް ގުޅުން ކަނޑާލައިފިނަމަ އަލުން ގުޅުމުގެ ފުރުޞަތަށް އޮންނާނީ ހުރަސްއެޅި އެކުވެރިޔާ ގެއްލިފައެވެ. 

"ތިމަން ﷲ ތިއަބައިމީހުންނަށް ރައްކައުތެރިކަން ދެއްވަވާހުށީމެވެ. އެކަމަށް ތިމަން ﷲ ފުދިވޮޑިގެންވަމެވެ." ވަޙީކުރައްވަވާފައިވާ ބަސްފުޅަށް އިތުބާރުކުރާށެވެ! އަދި އެބަސްފުޅުގެ މާނައީ ﷲ ތަޢާލާގެ މަގުގައި ސާބިތުވެތިބޭނަމަ ﷲ ތަޢާލާ އަހަރެމެންނަށް ޙިމާޔަތާއި ރައްކައުތެރިކަން ދެއްވަވާނެ ކަމެވެ.

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން