ލޯބިން ގެންގުޅެ ބޮޑުކުރި ދަރިންނަށް ހެޔޮލަފާ ބައިވެރިއަކު ލިބުން އެދޭނަމަ ފުރަތަމަ ކަމަކަށް މައިންބަފައިން ހެޔޮލަފާކަމުގަ ނަމޫނާ ދައްކާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ލޯބިން ގެންގުޅެ ބޮޑުކުރި ދަރިންނަށް ހެޔޮލަފާ ބައިވެރިއަކު ލިބުން އެދޭނަމަ ފުރަތަމަ ކަމަކަށް މައިންބަފައިން ހެޔޮލަފާކަމުގަ ނަމޫނާ ދައްކާށެވެ!

ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. "ތިބާގެ އަންހެން ދަރިންނަށް ހެޔޮލަފާ ފިރިއަކު ލިބުމަށް އެދޭ ފަދައިން ތިބާގެ އަނބިމީހާއަށް އެފަދަ ފިރިއަކު ކަމުގައި އަދި ފިރިމީހާއަށް އެފަދަ އަންތބަކު ކަމުގައި ތިބާ ވާށެވެ!" މިއީ ވަރަށް އަގުހުރި ނަޞޭޙަތުގެ ބަސްކޮޅެކެވެ. 

އެންމެ ފަޤީރުމީހާވެސް އަދި އެންމެ ތަނަވަސް މީހާވެސް، ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހާގެ ދަރިން ވީހައި ހެޔޮލަފާ ރަނގަޅު މީހަކާއި ކައިވެިކުރުވައި ދަރިފުޅަށް އުފާވެރި ޒަވާޖީ ޙަޔާތެއް ހޯދައި ދިނުމަށެވެ. އެކަން އެދޭނަމަ ފުރަތަމަވެސް މައިންބަފައިންނަކީ ހެޔޮލަފާ ކަމުގައި ނަމޫނާބައަކަށްވާށެވެ! 

އެކަމުގެ އެންމެ ބޮޑު އެއް ފައިދާއަކީ މައިންބަފައިންގެ ކިބައިން އެ ރަނގަޅު ސިފަތައް ދަރިންގެ ކިބައިގައި އަށަގަތުމެވެ. އެއިރުން އެމީހުންގެ ޙަޔާތަށް އަންނަ މީހުންނަށް އުފާވެރިކަން ލިބި ހިތްހަމަޖެހުން އިތުރުވާނެއެވެ. ދަރިފުޅަށް ލިބޭ ބައިވެރިޔާއަށް ހިތްހަމަޖެހުން ލިބޭނަމަ ކައިވެނި ދަހަމަހައްޓަން ބޭނުންވާނެއެވެ. 

މައިންބަފައިންނަކީ ހެޔޮލަފާބައަކަށްނުވެ އަރާރުންވުމާއި ތަޅާފޮޅުމާއި ދުލުން ނުބައިބަސްބުނާ އަދި އެކަކު އަނެކަކަށް ހެޔޮކޮށް ނުހިތާ ބައަކަށް ވެއްޖެ ނަމަ ދަރިންނަށްވެސް ދަސްވާނީ ހަމަ އެސިފަތަކެވެ. އަމަލުކުރަން ދަސްވާނީ ހަމަ އެ ނުބައި ގޮތަށެވެ. ނަތީޖާއަކަށްވާނީ ކިތަންމެ ހެޔޮލަފާ، ރަނގަޅު ބައިވެރިއަކު ލިބުނު ނަމަވެސް އެކުގައި ދިރިނުއުޅެވިގެން ދެމީހުން ވަކިވާންޖެހުމެވެ. 

ވީމާ ހިތާމަކުރަންވީ އެޙާލަތަކު ނޫނެވެ. މިއަދުއެވެ. ދަރިން ތަރުބިއްޔަތުކުރަންވީ އެކަންކަމަށް ވިސްނައިގެންނެވެ. އެކުދިންގެ މުސްތަޤްބަލަށްޓަކައި ކޮށްދެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީވެސް ހަމަ އެއީއެވެ.   

- އސްލާމީ ތިލަފަތުގެ ދަރުސްކުން

 

މިއަދު އޮންލައިން