4 ޝަރުޠު ފުރިހަމަވާ ގޮތަށް ޑޮކްޓަރީ ގޮތުން ރައްކާތެރިކަމާއެކު ކަންފަތް ތޮރުފުމަކީ މައްސަލައެއް އޮތް ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
4 ޝަރުޠު ފުރިހަމަވާ ގޮތަށް ޑޮކްޓަރީ ގޮތުން ރައްކާތެރިކަމާއެކު ކަންފަތް ތޮރުފުމަކީ މައްސަލައެއް އޮތް ކަމެއް ނޫން!

ސުވާލު: ކަންފަތް ތޮރުފުމަކީ ކޮންކަހަލަ ކަމެއްތޯ؟ 

ޖަވާބު: ކަންފަތް ތޮރުފުމަކީ ޑޮކްޓަރީ ގޮތުން ރައްކާތެރިކަމާއެކު ކުރެވޭ ކަމަކަށް ވަނީނަމަ އެ ކަމުގައި އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެހެން ނަމަވެސް އަންނަނިވި ޝަރުޠުތައް ފުރިހަމަވާން ޖެހޭނެއެވެ. 

1-   މަޙުރަމު ނޫން މީހުންނަށް ތިޔަ ޒީނަތްތެރިކަން ނުދެއްކުން 

2-   ކާފަރު އަންހެނަކާ ވައްތަރުވުމަށް ކުރެވޭ ކަމަކަށް ވެގެން ނުވުން

އެބައިމީހުންނަށް ތަޝައްބުހު (އެއްގޮތް) ވުމަކީ އިސްލާމްދީނުގައި ޙުއްދަ ކަމެއް ނޫނެވެ. މި ގޮތަށް ވަކި މީހެއްގެ ސްޓައިލަށް ތަބާވުމަށް ކަންފަތުގައި މުދިލުން ޙުއްދަ ނުވާނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވައިފައި ވެއެވެ. (ޙަދީޘް) މާނަ: "ބަޔަކާ އެއްގޮތްވެއްޖެ ނަމަ އޭނާ ވަނީ އެބައިމީހުންގެ ތެރެއިންނެވެ. 

3-   ކަންފަތުގައި އެލުވާ މުދި، އެއީ ޞަލީބު ފަދަ ކާފަރުންގެ ނިޝާނަކަށް ވެގެން ނުވާނެއެވެ. 

4-   އަދި މި ކަމަކީ ފިރިހެނަކަށް ޙުއްދަވެގެންވާ ކަމެއް ނޫނެވެ. 

- ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން