ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ޞަދަޤާތްކުރުމުން އެއްޗެއްގައި ﷲ ތަޢާލާ ހިއްޕަވައި ފަރުބަދައެއް ވަރަށް ބޮޑުކޮށްދެއްވަވަތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ޞަދަޤާތްކުރުމުން އެއްޗެއްގައި ﷲ ތަޢާލާ ހިއްޕަވައި ފަރުބަދައެއް ވަރަށް ބޮޑުކޮށްދެއްވަވަތެވެ!

މީހަކަށް އުޅެނީ ބޮޑު ބޭނުމެއް ޖެހި ގިނަ ޢަދަދެއްގެ ފައިސާތަކަކަށް ބޭނުންވެގެންކަމަށްވެދާނެއެވެ. ތިބާގެ އަތުގައި ހޭދަކުރެވެން އޮތީ އެންމެ ފައިސާ ފޮތްޗެއްކަމަށްވެސް ވެދާނެއެވެ. އެޙާލަތުގައި ލަދުވެތިނުވެ އަތުގައި އޮތް އެންމެ ފައިސާފޮތިވެސް ހޭދަކުރާށެވެ. އެކަމުން ދެއްވަވާނެ މަންފާ ބޮޑު ފަރުބަދައަކަސްވުރެވެސް ބޮޑުވެގެންދާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

ޙަދީޘްފުޅެއްގައިއޮތީ މިފަދައިންނެވެ.

(مَنْ تَصَدَّقَ بِعَدْلِ تَمْرَةٍ مِنْ كَسْبٍ طَيِّبٍ – وَلاَ يَقْبَلُ اللَّهُ إِلاَّ الطَّيِّبَ – وَإِنَّ اللَّهَ يَتَقَبَّلُهَا بِيَمِينِهِ ، ثُمَّ يُرَبِّيهَا لِصَاحِبِهِ كَمَا يُرَبِّى أَحَدُكُمْ فَلُوَّهُ حَتَّى تَكُونَ مِثْلَ الْجَبَلِ)

[متفق عليه]

މާނައީ: "ރަނގަޅު އެއްޗެއް މެނުވީ ﷲ ތަޢާލާ ޤަބޫލުފުޅުނުކުރައްވައެވެ. – ޙަލާލު ޢާމްދަނީއަކުން (ހޯދާފައިވާ މުދަލުން) ކަދުރެއްގެ މިންވަރުވިޔަސް ޞަދަޤާތްކޮށްފިމީހާ ދަންނައެވެ. ހަމަކަށަވަރުން އެއެއްޗެއް ﷲ ތަޢާލާގެ ކަނާއަތްޕުޅުން ހިއްޕަވައެވެ. އެއަށްފަހު އެއެއްޗެއް ފަރުބަދައެއްހާ ބޮޑުވެއްޖައުމަށް ދާންދެން އެއަށް ރިޢާޔަތްކޮށްދެއްވަވައެވެ. އެއީ ތިއަބައިމީހުންކުރެ މީހަކު އެމީހެއްގެ ކުޑައަހެއް ބަލަހައްޓާ ފަދައިންނެވެ."

ﷲ ތަޢާލާގެ އަތްޕުޅަށް އެއްޗެއްލާން ބޭނުން ނުވާނީ ކާކުހެއްޔެވެ؟ ﷲ ތަޢާލާގެ އަތްޕުޅަށް އެއްޗެއް ލެވިއްޖެނަމަ އެކަމުގެ ފައިދާ ޤިޔާމަތްދުވަހު ލިބިގެންދާނެ މިންވަރު ނިކަންދެކިބަލާށެވެ! މިޙަދީޘްފުޅޫން އެނގިގެން މިދަނީ އެކަންކުރުމުގެ ފުރުޞަތު ހަަމކޮންމެ މީހަކަށްވެސް އެބައޮތްކަމެވެ.

ވިސްނާލަންޖެހޭ ކަމަކީ ޞަދަޤާތްވެސް ޤަބޫލުފުޅުކުރެއްވެވުންވަނީ ޙަލާލުގޮތުގައި ހޯދިއެއްޗަކުން ޞަދަޤާތްކުރުމުންކަމެވެ. އަދި ޙަލާލުގޮތުގައި ހޯދާފައިވާ އެއްޗަކުން ކިތަންމެ ކުޑަމިންވަރެއްނަމަމަވެސް ﷲ ތައާލާގެ މަގުގައި ޞަދަޤާތްކުރުމުން (އެކަމުގެ ދަރުމަ ﷲ ތަޢާލާގެ ޙަޟްރަތުން އެދިގެން ޞަދަޤާތްކުރުމުން) އެ ޞަދަޤާތަކީ ބޮޑުވެގެންވާ އަޅުކަމެއްކަމުގައި ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަމެވެ.

މީގެ އިތުރުން ޞަދަޤާތްކުރީ ކަދުރުއޮށެއްފަދަ ކުޑަކުޑަ އެއްޗެއް ނަމަވެސް އެކަމުގެ ދަރުމަ ބޮޑު ފަރަބަދައެއްފަދައިން ޤިޔާމަތްދުވަހު އެމީހަކަށް ފައިދާކުރާނެ ކަމެވެ.

__އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން