ވިޔަފާރުކުރާނެ ފައިސާ އަތުގަ ނެތިގެން ކަންބޮޑުވުމެއް ނެތެވެ! އެންމެ ފައިދާހުރި ވިޔަފާރިކުރަން އެއްވެސް ފައިސާއެއް ބޭނުން ނުވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ވިޔަފާރުކުރާނެ ފައިސާ އަތުގަ ނެތިގެން ކަންބޮޑުވުމެއް ނެތެވެ! އެންމެ ފައިދާހުރި ވިޔަފާރިކުރަން އެއްވެސް ފައިސާއެއް ބޭނުން ނުވެއެވެ!

ވިޔަފާރިކުރުން ހިތަށްވަނުމާއިއެކު ނުވަތަ ވިޔަފާރިކުރާވާހަކަ ދައްކާއިރަށް އެންމެންނަށްވެސް ވިސްނޭނީ ވިޔަފާރިކުރެވޭނީ ވަރަށް ގިނަ ޢަދަދަދެއްގެ ފައިސާ އަތުގައިހުރެގެންކަކަމަށެވެ. ޙަޤީޤަތަށް ބަލައިފިނަމަ ފައިށާ ބޭނުންވަނީ އެންމެ އަގުދަށް ވިޔަފާރިކުރުމަށެވެ.

އެންމެ އަގުހުރި އެންމެ ފައިދާހުރި ވިޔަފާރިއަކީ ކޮބައިކަމާއި އެވިޔަފާރިކުރަން އެއްވެސް ފައިސާއެއް ބޭނުމެއް ނުވެއެވެ. އެކަން ވަރަށް ރަނގަޅަށް ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ!

މި 3 އާޔަތް ވިދާޅުވާށެވެ!

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ވޭންދެނިވި ޢަޒާބުން ތިއ" ބައިމީހުން މިންޖުކޮށް ސަލާމަތްކޮށްދޭނޭ ވިޔަފާރިއެއް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މަގު ދައްކަވަންހެއްޔެވެ." (10)

)"އެއީ) ﷲ އަށާއި އެ އިލާހުގެ ރސޫލާއަށް ތިއަބައިމީހުން ފުރިހަމަ މާނައިގައި އީމާންވުމެވެ. އަދި ތިއަބައިމީހުންގެ މުދާތަކުންނާއި ނަފްސުތަކުން ﷲ ތަޢާލާގެ މަގުގައި ޖިހާދު ކުރުމެވެ. ތިޔަބައިމީހުން ދަންނަ ނަމަ އެގޮތް ތިޔަބައިމީހިންނަށް މާ ހެޔޮކަން ބޮޑެވެ. " (11)

"އޭރުން އެއިލާހު ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހިންގެ ފާފަތައް ފުއްސަވާނެތެވެ. އަދި އެތާންގެ ދަށުން ފެނކޯރުތައް ހިނގަ ހިނގާހުންނަ ސުވަރުގެ ތަކަށް އެކަލާންގެ ތިޔަބައިމީހުން ވައްދަވާނެތެވެ. އަދި ޢަދުނު އޭ ކިޔުނު ސުވަރުގެ ތަކުގައިވާ ރަނގަޅު ގޮވެތި ގެދޮރުތަކުގައި ތިޔަބައިމީހުން ވަޒަންވެރި ކުރުވާނެތެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީ އެވެ." (12) (12،11،10 :61)

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ވޭންދެނިވި ޢަޒާބުން ތިޔަބައިމީހުން މިންޖުކޮށް ސަލާމަތްކޮށްދޭނޭ ވިޔަފާރިއަކަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މަގު ދައްކަވަންހެއްޔެވެ." މިއާޔަތުގައި އެވަނީ އެންމެ ފައިދާހުރި ވިޔަފާރިއެވެ. އެހެނީ "ވޭންދެނިވި ޢަޒާބުން ތިއަބައިމީހުން މިންޖުކޮށް ސަލާމަތްކޮށްދޭނޭ" ވިޔަފާރިއަކަށްވުރެ ފައިދާހުރި ވިޔަފާރިއެއް ނެތްކަން އެއީ ކަށަވަރު ޔަޤީންކަމެކެވެ.

އަދި އެ ވިޔަފާރި ބަޔާންކުރައްވަވައިފައި އެވަނީ ﷲ ތަޢާލާއެވެ. )"އެއީ) ﷲ އަށާއި އެ އިލާހުގެ ރސޫލާއަށް ތިއަބައިމީހުން ފުރިހަމަ މާނައިގައި އީމާންވުމެވެ. އަދި ތިއަބައިމީހުންގެ މުދާތަކުންނާއި ނަފްސުތަކުން ﷲ ތަޢާލާގެ މަގުގައި ޖިހާދު ކުރުމެވެ...."

މިއާޔަތުގައި ފުރަތަމަ އެވަނީ އެވިޔަފާރިއަކީ "ﷲ އަށާއި އެ އިލާހުގެ ރސޫލާއަށް ތިއަބައިމީހުން ފުރިހަމަ މާނައިގައި އީމާންވުން" ކަމަށެވެ. އެކަންކުރަން އެއްވެސް ފައިސާއެއް ބޭނުމެއް ނުވާނެއެވެ. އަތުގައި އެންމެ ފައިސާފޮތްޗެއް ނެތް ނަމަވެސް އެ ވިޔަފާރިކުރެވޭނެއެވެ. ހަމައެކަނި ބޭނުންވަނީ ސާފުޠޯހިރު ހިތަކާއި އެމީހެއްގެ ހިތްވަރާއި ޘާބިތުކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން