މިސްކިތުން ބަންގި ގޮވާއަޑު އިވޭތީ އުނދަގޫވެގެން މަގުމައްޗަށް ނުކުމެ އެއްޗެތި ގޮވި މީހާއަށް އެގެއަކު ނުވެސް އުޅެވުނު! ވިޔަފާރިވެސް ބަނގުރޫޓުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މިސްކިތުން ބަންގި ގޮވާއަޑު އިވޭތީ އުނދަގޫވެގެން މަގުމައްޗަށް ނުކުމެ އެއްޗެތި ގޮވި މީހާއަށް އެގެއަކު ނުވެސް އުޅެވުނު! ވިޔަފާރިވެސް ބަނގުރޫޓުވެއްޖެ!

އެއީ މިސްކިތުން ބަންގިގޮވާތީ އަޑުގަދަވެ އުނދަގޫވެ ކަމާއިބެހޭ ފަރާތްތަކަށް ޝަކުވާވެސް ހުށަހަޅަމުން ދިއަ ބައެކެވެ. ތަނަވަސްކަންހުރި ބާރާއި ނުފޫޒުވެސް ހުރި ބައެކެވެ. ވެރިންނާއި ޢާއިލީ ގޮތުން ގުޅުންވެސް ހުރި ބައެކެވެ. 

އެއީ ރަމަޟާން މަހެއްގެ މެންދުރު ނަމާދު ވަޤުތެވެ. މިސްކިތުން ބަންގިގޮވުމުން އުނދަގޫވާތީ މަގުމައްޗަށް ނުކުމެ ހުރެ އަޑުގަދަކޮށް އެއްޗެތިގޮވީ ނައިޓީ ލައިގެންހުރެއެވެ. މަގުމަތި ފުރެންދެން މީހުންވެސް ތިއްބެވެ. 

ދުވަސްކޮޅެއްފަހެވެ. ވީގޮތެއް ނުއެނގެއެވެ. ބުރިބުރިއަށް އަޅާފައިހުރި ރަނގަޅު ފެންވަރުގެ އެގެއަކު އެމީހުންނަކަށް ނުއުޅެވުނެވެ. ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ގެއިން ނުކުމެގެންދާންޖެހިއްޖެއެވެ. އެއިގެ ދުވަސްކޮޅެއް ފަހެވެ. އެމީހުންގެ ވިޔަފާރި ބަނގުރޫޓުވެ ފިހާރަވެސް މިހާރުވަނީ ވިއްކާލައިފައެވެ. 

މިހިރީ އަޅުގަނޑުމެން ޢިބްރަތް ޙާޞިލްކުރަންޖެހޭނެ ކަންކަމެވެ. މިސްކިތް އަދިވެސް އެހެރީއެވެ. ބަންގިވެސް ގޮވައެވެ. ތާޅަފިލިން އަޑުވެސް ފޮނުވައެވެ. ކުރިއަށްވުރެ ގިނަ މީހުން އެމިސްކިތުގައި މިހާރު ނަމާދުވެސް ކުރެއެވެ. އެގޭގައި ނުއުޅެވިގެން ދާންޖެހުނީ އެމީހުންނަށެވެ. ބަނގުރޫޓުވީ އެމީހުންގެ ވިޔަފާރިއެވެ. 

މާތް ﷲ އާއި ޢަދާވާތްތެރިވާ މީހުންނަށް ދެދުނިޔޭގައިވެސް އެކަން މާތް ﷲ ދައްކަވަތެވެ. ތަފާތު ގޮތްގޮތަށެވެ. އަހުރެން މިވާހަކަ މިހާމަކުރީ މީސްތަކުންނަށް މިއީ ވަރަށް އަގުހުރި ފިލާވަޅަކަށްވާތީއެވެ. 

- އެއިރު އެމިސްކިތުގައި ބަންގިގޮވި އިމާމެއް

މިއަދު އޮންލައިން