ދުޢާކުރަން އަވަސްވެގަންނާށެވެ! އިރާދަކުރައްވަވައިފިނަމަ އާދަފޫވައްޓާލައިފަނިވި ކަންކަން ވެސް މިންވަރުކުރައްވަވަނީ ހަމަ ﷲ ތައާލާއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ދުޢާކުރަން އަވަސްވެގަންނާށެވެ! އިރާދަކުރައްވަވައިފިނަމަ އާދަފޫވައްޓާލައިފަނިވި ކަންކަން ވެސް މިންވަރުކުރައްވަވަނީ ހަމަ ﷲ ތައާލާއެވެ!

ކަމަކަށް ބޭނުންވުމުން އެކަމުގެ ކުޑަބޮޑުމިނަށް ނުބަލާށެވެ! ޔަޤީންކަމާއިއެކު ދުޢާކުރަން އަވަސްވެގަންނާށެވެ! އިރާދަކުރައްވަވައިފިނަމަ އާދަފޫވައްޓާލައިފަނިވި ކަންކަން ވެސް މިންވަރުކުރައްވަވަނީ ހަމަ ﷲ ތައާލާއެވެ!  

ﷲ އަށް ފުރިހަމަގޮތުގަ އިތުބާރުކުރުމަށްފަހު ބޭނުންތައް ފުއްދަވައި ދެއްވެވުން  އަވަސްކޮށްދެއްވެވުމަށް އުންމީދުކުރާށެވެ! ކޮންމެ ޙާލަތެއްގައި ވެސް ވަކީލުކުރުމަށް ﷲ ލޯބިވެވޮޑިގަންނަވައެވެ. އޭނާ އެހެން ފަރާތަކުން ވާގިނުއެދޭކަން އެކަލާނގެ ދެނެވޮޑިގެންވާތީއެވެ!

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ އެންމެ ގާތުގައި ވޮޑިގެންވާ ކަމަށާއި އަދި ދުޢާކުރުމުން  ޢިޖާބަކުރައްވަވާނެ ކަމަށެވެ. ހިތާމަތަށް ފިލައި އެދޭކަންކަން ޙާޞިލުނުކުރެވި ލަސްވަމުން މިދަނީ އަހަރެމެންނަށް ދުރަށް ޖެހެވި އަމުރުފުޅުތަކަށް ކިޔަމަންތެރި ނުވެވޭތީއެވެ! 

އުފާވެރިކަން ލިބުން އެދި ކުރަން އޮތްކަމަކީ ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމެވެ. އިޚްލާޞްތެރިންގެ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ! އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން