އޮޅުމަކުން ފުރަތަމަ ރަކްޢަތުގަ އައްތަޙިއްޔާތު ކީއްޖެނަމަ ޢަމަލުކުރަންވީގޮތް-: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
އޮޅުމަކުން ފުރަތަމަ ރަކްޢަތުގަ އައްތަޙިއްޔާތު ކީއްޖެނަމަ ޢަމަލުކުރަންވީގޮތް-: ޑރ. އިޔާޟް

ނަމާދުކުރަންވީ އެހެން ހުރިހާ ފިކުރުތަކެއް ދޫކޮށްލައި ނަމާދުކުރަން ސަމާލުކަންދީގެންނެވެ. ނަމާދަށް ފެށުމާއިއެކު ނަމާދުގައި ވަސްވާސްދިނުމަށް ޚާއްޞަވެގެންވާ ޝައިޠޯނާ خَنْزَبٌ އައިސް ވަސްވާސްދޭން ފަށާނެއެވެ. 

ލޭނާރުތަކުގައި ލޭ ދައުރުކުރާފަދައިން ހަށިގަނޑުގައި އުޅޭ ޝައިޠޯނާ އަހަރެމެންގެ ލޭގައި ދައުރުކުރެއެވެ. ވަސްވާސްތައް ދެއެވެ. ނަމާދުގައި ހުންނައިރު އެހެން ފިކުރުތައް ކުރުވައެވެ. އެހެންކަމުން ފުރަތަމަ ރަކްޢަތާއި ދެވަނަ ރަކްޢަތް އޮޅި ފުރަތަމަ ރަކްޢަތް ކުރެވުމުން ދެވަނަ ރަކްޢަތްކުރެވުނީކަމަށް ހީކުރެވި އައްތަޙިއްޔާތުކިޔޭގޮތް އެބަ މެދުވެރިވެއެވެ. 

އެޙާލަތުގައި ޢަމަލުކުރަންޖެހޭނެ ގޮތް ޑރ. އިޔާޟް ވަނީ ވިދާޅުވެދެއްވައިފައެވެ. 

"އައްތަޙިއްޔާތު ކިޔުން އޮތީ ދެވަނަ ރަކްޢަތުގައެވެ. ނަމާދުގަ ފުރަތަމަރަކްޢަތް ކުރުމަށްފަހު ދެވަނަ ރަކްޢަތް ކުރެވުނީކަމަށް ހީކުރެވި ފުރަތަމަ އައްތަޙިއްޔާތުކިޔައި ދެވަނަ ރަކްޢަތަށް ތެދުވެވިއްޖެނަމަ ދެވަނަ ރަކަޢަތުގަ އައްތަޙިއްޔާތުކިޔައި ނަމާދު ފުރިހަމަކުރުމަށްފަހު ކުށުސަޖިދަކުރާނީއެވެ!"

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން