އެދުޢާކުރުމުން އެދުވަހެއްގަ އެއްވެސް ގެއްލުމެއް ކުރިމަތިނުވާނެ ދުޢާއެއް ޙަދީޘުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އެދުޢާކުރުމުން އެދުވަހެއްގަ އެއްވެސް ގެއްލުމެއް ކުރިމަތިނުވާނެ ދުޢާއެއް ޙަދީޘުން-

ޙަދީޘްފުޅުގައި އޮތީ "ﷲ ހަނދުމަކުރާށެވެ! ﷲ ތިބާއަށް ރައްކައުތެރިކަން ދެއްވަވާނެތެވެ!" މިފަދައިންނެވެ. މި ޙަދީޘް ބަސްފުޅުގެ މާނައަކީ ނަމާދުގައިވެސް އަދި ކޮންމެ ޢަމަލެއް ކުރުމުގައިވެސް ﷲ ތަޢާލާމަތިން ހަނދުމަކުރުމުން އެމީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެކަމެވެ. 

މިބުނެދެނީ މުޅި ދުވަހު އެމީހަކަށް ރައްކައުތެރިކަން ދެއްވަވާނެ ވަރަށް ކުރުކުރު ދުޢާއެކެވެ. 

بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلَا فِي السَّمَاءِ، وَهُوَ السَّمِيعُ العَلِيمُ 

މާނައީ: " އުޑުންވިޔަސް ބިމުންވިޔަސް އެ އިލާހުގެ ނަންފުޅާއިއެކު އެއްވެސް ގެއްލުމެއް ކުރިމަތިނުވާނޭ ﷲ ގެ ނަންފުޅުން (ދުވަސް) ފަށަމެވެ. އަދި އެއިލާހް އީ މޮޅަށް އައްސަވައި ވޮޑިގެންވާ މޮޅަސް ދެނެވޮޑިގެންވާ އިލާހްއެވެ."  

ޙަދީޘްފުޅުގައި އޮތީ ހެނދުނާއި ހަވީރު މި ދުޢާ 3 ފަހަރު ކުރާ މީހަކު ހުރިހާ ބާވަތެއްގެ ގެއްލުންތަކުން ސަލާމަތްކުރައްވަވާނެ ކަމަށެވެ. 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު 

https://jamiat.org.za/duas-for-protection/

 

މިއަދު އޮންލައިން