ހުސްވަޤުތު ފުރާލަން ފޯނާ ކުޅެލުމުގެ ބަދަލުގަ ސުވަރުގެދާން ދުވާދުވެލި ބާރުކޮށްލަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ހުސްވަޤުތު ފުރާލަން ފޯނާ ކުޅެލުމުގެ ބަދަލުގަ ސުވަރުގެދާން ދުވާދުވެލި ބާރުކޮށްލަމާ!

މިހާރަކަށް އައިސް ކިރިޔާ ހުސްވަޤުތެއް ލިބޭއިރަށްވެސް ފެންނަނީ ފޯނާ ކުޅޭތަނެވެ. ބަލަން މަސައްކަތްކުރަނީ ދުނިޔޭގެ ކޮންމެވެސް ތަނެއްގައި ހިނގައިގެން އުޅޭ ކަމެކެވެ. ސިޔާސީ ގޮތުން މީހުން ކަނޑާ ސަޅިބައިށާތަކެވެ. ރައްޔިތުން ވައުވައްދުވަން ދައްކާ ދޮގުވާހަކަތަކެވެ.  

އަހުރެން ބުނާނީ ކިރިޔާ ހުސްވަޤުތެއް ވަޤުތެއް ލިބުނަސް ސުވަރުގެ ވަދެވޭތޯ ދުވާ ދުވަލި ބާރުކޮށްލަމާ ހިނގާށެވެ!  

ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ 4 ކަލިމައަކީ: 

1۔ سبحان الله 2. الحمد لله 3. لا إله إلا الله 4. الله أكبر އެވެ.  

ހުސްވަގުތެއް ލިބޭއިރަށް ކިޔަންފަށާށެވެ! ގުނުމުގެ ބޭނުމެއްވެސް ނެތެވެ. މަލާއިކަތުން ބަރާބަރަށް ލިޔުއްވަވައި ރެކޯޑްކުރައްވަވާނެތެވެ. ދުވަސްކޮޅަކުން އަބަދުކިޔަން އާދަވެސް ވެދާނެއެވެ! އިން ޝާ ﷲ 

- އަލަފްގެ ވިސްނުން

 

މިއަދު އޮންލައިން