އަނެކާގެ ޙައްޤަކަށް އަރައިގަތުމަކީ ހަމައެކަނި އަންބަކު ނުވަތަ ފިރިއަކު ޖަހައިގަތުމެއް ނޫން! އެކަމުގަ ބައިވެރިވެ މެދުވެރިވިމީހުންނަށްވެސް ސަލާމަތެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އަނެކާގެ ޙައްޤަކަށް އަރައިގަތުމަކީ ހަމައެކަނި އަންބަކު ނުވަތަ ފިރިއަކު ޖަހައިގަތުމެއް ނޫން! އެކަމުގަ ބައިވެރިވެ މެދުވެރިވިމީހުންނަށްވެސް ސަލާމަތެއް ނުވެވޭނެ!

އަނެކާގެ ޙައްޤުގެ ވާހަކަ ދައްކާއިރަށް ގިނަ ބައަކަށް ވިސްނިފައި އޮންނަނީ އެދަކަނީ ކޮންމެވެސް މީހެއްގެ އަންތބަކު ނުވަތަ ފިރިއަކު ޖަހައިގަތުމުގެ ވާހަކަކަށެވެ. އާނއެކެވެ! ބައިވެރިޔާއަށް ނިކަމެތިކަމާއި އަނިޔާލިބޭގޮތަށް ކުރެވޭ ކޮންމެ ކަމަކީވެސް ދެވޭ އަނިޔާއެކެވެ. ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ އަނެކާއަށް އަނިޔާއަކަށް ނުވާނެ ގޮތަށެވެ. ޞުލްހައިގައެވެ. ރިވެތި ގޮތުގައެވެ. މަކަރުވެރިކަމާއިއެކުގައެއް ނޫނެވެ. 

އަހުރެން ބުނާނީ މިފަދަ ކަމެއްކޮށް މީހަކަށް އަނިޔާއެއް ދީފިނަމަ އެކަމުގައި ބައިވެރިވި އެންމެންވެސް ވާނީ މީހެއްގެ ޙައްޤަކަށް އަރައިގަތުމުގައި ބައިވެރިވި މީހުން ކަމުގައެވެ. އެކަމުން ސަލާމަތެއް ނުވެވޭނެއެވެ. 

އެއްވެސް ޙާލެއްގައި މިދައްކަނީ ދެއަންތބަށް ކައިވެނިކުރުން މަނާކުރުމުގެ ވާހަކައެއް ނޫނެވެ. މިދައްކަނީ އަނބިމީހާއަށް އޮޅުވާލައި ދޮގާއި މަކަރުހަދައިގެން އަނބިންތައް ގިނަކޮށް އެންމެ ފަހު ވަޤުތު އަނބިމީހާއަށް އެކަން އެނގުމުން ދުނިޔެއިން މިޔަވާން ޖައްސުވާ ގޮތަށް ކަންކަންކޮށްގެން ނުވާނެ ވާހަކައެވެ. 

2،3،4 ވަނަ އަނބިންނާއިވެސް ޝަރުޠު ހަމަވާނަމަ ކައިވެނިކުރާށެވެ! ރަނގަޅަށް އަޑުއަހާށެވެ! އަންތބަކަށް އަދާކޮށްދޭންޖެހޭ ހުރިހާ ޝަރުޠުތަކެއް ފުރިހަމަކޮށްދެވޭނެ ނަމައެވެ.  

ސުވާލު:. އަނެކާގެ ހައްޤަކަށް އަރައިގަތުމުގެ ނުބައިކަމާމެދު އެއްވެސް ހަދީޘެއް އެނގިލައްވާނަމަ ބުނެދެއްވަފާނަންތޯ؟ 

ޖަވާބު:. މީހެއްގެ ހައްޤަކަށް އަރައިގެންފިނަމަ ޤިޔާމަތްދުވަހުގައި އަނިޔާ ލިބުނު މީހާގެ ފާފަތަކުން މިންވަރެއް ބޮލުގައި އަޅަން ޖެހޭނެ. ފާފަތައް ހުސްވެއްޖެ ނަމަ އަނިޔާވެރިވީ ފަރާތުގެ ހެޔޮ ކަންތަކުން ބައެއް އަނެކާއަށް ބަދަލުވެގެންދާނެ ކަމަށް ހަދީޘްގައި އޮވޭ. 

- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން