ކެރުނު މީހަކަށް ފަންސާސް ޞަޙާބީންނަށްވުރެ މަތީދަރަޖައިގަ ސުވަރުގެ ވަނުމުގެ ފުރުޞަތު މިހާރުވެސް އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ކެރުނު މީހަކަށް ފަންސާސް ޞަޙާބީންނަށްވުރެ މަތީދަރަޖައިގަ ސުވަރުގެ ވަނުމުގެ ފުރުޞަތު މިހާރުވެސް އެބައޮތް!

ވަރަށް ގިނައިން ދަރުސްތަކުން އަޑުއިވޭ އެއްކަމަކީ ކޮންމެ ކަމެއްގައިވެސް ޞަޙާބީން ޢަމަލުކުރެއްވެވި ގޮތަށް ޢަމަލުކުރުމަށެވެ. ޞަޙާބީންނާއި އެއްދަރަޖަ ހޯދަން މަސައްކަތްކުރުމަށެވެ. އަޅުގަނޑުގެ ސުވާލަކީ މިފަދަ ޒަމާނެއްގައި އެއީ ކިހިނަކުން ކުރެވިދާނެ ކަމެއްތޯއެވެ؟ 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވަވާނެ ކަމަށް އުންމީދުކުރަމެވެ. މިދުވަސް މިހެން އަންނާނެކަން ﷲ ތަޢާލާ މާމޮޅަށް ދެނެވޮޑިގެންވެއެވެ. އެހެންކަމުން މިހާރު ތިބި މުސްލިމުންނަށް އެއަށްވުރެ މާމަތީ ފުރުޞަތު ފަހިކޮށްދެއްވަވާފައިވާކަން އެނގިގެންދާނެއެވެ. އިން ޝާ ﷲ 

ބައެއް މީހުން ވަރަށް ފަސޭހައިން ބުނެއެވެ. "ޞަހާބީންނަށް އެންމެ މަތީ ދަރަޖަ ލިބިވަޑައިގަންނަވަނީ ރަސޫލް () ގެ ޒަމާނުގައި އިތުރުއެކަލޭގެފާނުގެ އަރިއަހުގައި އުޅުއްވެވުނީތީ"އެވެ. މިއީ ވަރަށް ބޮޑުކުށްހީއެކެވެ. 

ޙަދީޘްފުޅުގައިވަނީ ރަސޫލް ()ގެ ޒަމާނުގައި އުޅުއްވެވި 50 ޞަޙާބީންނަށްވުރެ ފަހުން އުޅޭ އެންމެ މުސްލިމެއްގެ ހެޔޮކަން ބޮޑުވާނެ ކަމަށެވެ. 

ރަސޫލް () ބަޔާން ކުރެއްވެވި ދުވަސް މިއަދު މިވަނީ އަހަރެމެންނާއި ބައްދަލުކޮށްފައެވެ. 

ރަސޫލް () ގެ ޒަމާނުގައި ފާފަތައް ކުރުން އެހައި ފަސޭހައެއް ނޫނެވެ. މީސްކޮޅު މަދުކަމުންނާއި ވަސީލަތް މަދުކަމުންނެވެ. ފާފައެއް ކޮށްފިނަމަ އެކަން ބޭޒާރުވުން ކައިރިކަމުންނެވެ. 

ނަމަވެސް ކަންކަން މިއަދު މިވަނީ މުޅިން ބަދަލުވެފައެވެ. ކިތަންމެ ސިއްރުން ފޮރުވިގެން ތިބެމެ  ފާފަތައް ކުރެވޭނެ ފަސޭހަމަގުތައް މިވަނީ ފަހިވެފައެވެ. މިސާލަކަށް ޒިނޭކުރަން އަންހެނަކު ހޯދަން ނުވަތަ ފިރިހެނަކު ހޯދަންވެސް އެއްވެސް ތަނަކަށް ދާކަށް ނުޖެހެއެވެ. ފޯނުކޮށްލައިގެން ހުރިތަނަކަށް ގެނުވައިގެން ބޭނުންކަމެއް ކުރަންވީއެވެ. ބޭނުން ކޮންމެ ކަމެއް ކުރެވޭ ގޮތަށް އެކަނި ދިރިއުޅެވޭނެ ގޮތް މިވަނީ ހަމަޖެހިފައެވެ. އޮފީސްތަކުގައިވެސް ކުރަންވީއެވެ. މިފަދަ ބޮޑެތި ލުއިފަސޭހަތަކެއް އެ ޒަމާނަކު ނެތެވެ. އެޒަމާނުގައި ޒިނޭކުރާ އަންހެނުން ތިބެނީ ވަކިފޭލިގެތަކެއްގައެވެ. ވަދެއްޖެ ނަމަ ހމަނުވެއެއް ނުދާނެއެވެ. 

އީމާންތެރިކަން އެހައި ވަރުގަދަ 50 ޞަޙާބީންނާއި މިހާރު ފާފައެއް ނުކުރާ އެންމެ މީހަކާއި އެއްވަރުވެގެން އެދަނީ އެ ސަބަބަށްޓަކައެވެ. މިހައި ފަސޭހައިން ފާފަތައް ކުރެވެން ހުރިއިރު ވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ފާފައަކަށް އަރައި ނުގަންނާތީއެވެ! 

ވީމާ 50 ޞަޙާބީންގެ ދަރަޖަ ލިބެން އޮތް މިފުރުޞަތު އެއްގޮތަކަށްވެސް ދޫކޮށްނުލާށެވެ! ﷲ ތަޢާލާ އެކަމަށް ދެއްވަވާނެ މަތިވެރި ސަވާބަށް އެދޭށެވެ! ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖައިގައި ރަސޫލް () އާއި އެންމެ އަރިއަހުގައިވުމަށް އުންމީދުކުރާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން