އެންމެ ނުބައިކަންބޮޑު މަރަކުން މަރުވުމަކީ ކޮބައިކަން އެނގޭހެއްޔެވެ؟ ނޭނގޭނަމަ ދަސްކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
އެންމެ ނުބައިކަންބޮޑު މަރަކުން މަރުވުމަކީ ކޮބައިކަން އެނގޭހެއްޔެވެ؟ ނޭނގޭނަމަ ދަސްކުރާށެވެ!: މުފްތީ މެންކް

ފާފަކުރެވުމުން ތައުބާނުވެ ހުންނަ މީހާގެ ނިމުން ވަރަށް ހިތިވާނެއެވެ. މިބުނަނީ ވަރަށް ނުބައި ގޮތަކަށް އޭނާގެ ކަންކަން ނިމިގެންދާނެވާހަކައެވެ. އެފަދަ ނިމުމަށް ކިޔަނީ "ސޫއުލްޚާތިމާ" އެވެ. 

ނުބައި ނިމުމަކީ ކޮބައިކަން އެނގޭހެއްޔެވެ؟ ނުބައި ނިމުމަކީ މީހާ ޗިސްޗިސްވެ ފުނޑުފުނޑުވެފައިވާ ޙާލުގައި މަރުވުމެއް ނޫނެވެ. އެއީ އަދި މިބުނާ ނުބައި ނިމުމެއް ނޫނެވެ. އެންމެ ނުބައިކަންބޮޑު ނިމުމަކީ އެމީހެއްގެ މަރުމަތީގައި ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރެވި މަރުވާންޖެހުމެވެ. 

ރަނގަޅު ނިމުމަކީ ކިތަންމެ ބަލިޙާލުގައިވެސް، އަދި ކުރިން ބުނިފަދައިން ގުނަވަންތައް ޗިސްޗިސްވެފައިވާ ޙާލުގައިވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުންމަތީގައި މަރުވެގެންދިއުމެވެ. އަދި އެންމެ ރަނގަޅު ނިމުމަކީ ކުރަންޖެހޭ އަޅުކަންކުރުންމަތީގައި ދުނިޔެއާއިވަކިވާންޖެހުމެވެ. ނަމާދުކޮށް ، ޤުރްއާން ކިޔަވައި ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކުރުންމަތީގައި ހުއްޓައި މަރުވާންޖެހުމެވެ. 

މީސްތަކުންނޭވެ! އެންމެ ފަހުން ޚަތިމް ހުޅުވާލައި ޤުރްއާން ކިޔެވީ، އަދި ރޭއަޅުކަންކުރީ، އަދި ކޮންމެ ދުވަހަކު ފަރުޟު 5 ނަމާދުކުރީ ފާއިތުވި ރަމަޟާން މަހުގައިކަމަށްވާނަމަ ރަނގަޅު މަރަކުން ަމރުވާން ތިބާއަށް އުންމީދުކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ 

ބައެއް މީހުންނަކީ ހަމައެކަނި ހުކުރުނަމާދަށް މިސްކިތް ފެންނަ މީހުންނެވެ. އަނެއްބައަކީ އަހަރަކު އެންމެ ދެ ދުވަހު ހަނދުފެންނަ ބައެކެވެ. މިބުނަނީ 2 ޢީދު 2 ދުވަހުގެ ވާހަކައެވެ. އެފަދަ މީހެއްގެ ނިމުމަކީ އުފާވެރި ނިމުމެއްކަމަށްވުމަށް އުންމީދުކުރާނީ ކިހިނަކުން ހެއްޔެވެ؟ 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! މިކަންކަމަށް ހޭލުންތެރިވާށެވެ. މިހާރުންސުރެ ތިމާއަށް ރަނގަޅު ނިނމުމެއް ދެއްވެވުން އެދިގެން ގަދައަޅައި މަސައްކަތްކުރަން ފަށާށެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމަށާއި އެކަލާނގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރަން ފަށާށެވެ! ރަނގަޅު ނިމުމެއް ލިބޭނީ އެއިރުންނެވެ. ދުނިޔޭގެ ޙަޔާތް ނިމި ދެންފެށޭ ޙަޔާތަކީ އުފާވެރި ޙަޔާތަކަށްވާނީ އެއިރުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން