ނަމާދުގަ ހުރެ ކުރާ އިތުރު ޙަރަކާތްތައް ގިނަވެއްޖެ ނަމަ އެމީހާގެ ނަމާދު ބާޠިލްވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ނަމާދުގަ ހުރެ ކުރާ އިތުރު ޙަރަކާތްތައް ގިނަވެއްޖެ ނަމަ އެމީހާގެ ނަމާދު ބާޠިލްވާނެ!

ނަމާދަށް ޙަރަމް ބަނުމަށްފަހު އެއްއަތް ނަގައި ހެދުން ހެޔޮވަރުކުރުމާ ބޮލުގެ އިސްތަށިގަނޑު ރީތިކުރުމާއި ބޯކެހުމާއި ގައިކެހުން ފަދަ ކަންކަން ޢާންމުކޮށްކުރަމުން ގެންދާ މީހުން އެބައުޅެއެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނައިލަންޖެހޭނެ ކަމެކެވެ. އެކަންކަމުގެ ސަބަބުން ނަމާދު ބާޠިލްވެގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ. 

ނަމާދުގައި އިތުރު ޙަރަކާތްތައް ކުރުމާއި ބެހޭ ގޮތުން އަލްއުސްތާޛް އަޙްމަދު ނިޡާމް ވިދާޅުވެފައިވަނީ މިފަދައިންނެވެ. 

ނަމާދަށް ހުއްޓައި ތިމާއަށް އުދަގޫ ވާފަދަ ދަރަޖައަކަށް ތަނެއްހިރުވާނަމަ، އެތަނެއް ކަހާލުމަކީ އިރާދަކުރެއްވިއްޔާ ތިމާގެ ނަމާދަކަށް އުނިކަމެއް އަންނާނެކަމެއްނޫނެވެ. 

އެހެންނަމަވެސް ކޮންމެހެން ކަހަން ޖެހިގެން ނޫނީ ގައިގެ ތަންތަން ކެހުންފަދަ ކަންކަންކުރާނަމަ ނަމާދަށް އެކަމުގެ ސަބަބުން އުނިކަން އަންނާނެއެވެ. އަދި ދުރުން ބަލާމީހަކަށް ނަމާދުކުރަންހުރި މީހާގެ މި ޙަރަކާތްގިނަވެގެންގޮސް އޭނާ ހުރީ ނަމާދަށް ނޫންކަމަށް ހީވާ ދަރަޖައަށް މިކަން ކުރާނަމަ، މިކަމުގެ ސަބަބުން އެމީހާގެ ނަމާދު ބާޠިލްވެސް ވެގެންދާނެއެވެ.  

ނަމާދު އަދާކުރަންވާނީ ތިމާއަށް ވެވުނު އެންމެ ޚުޝޫޢަތްތެރިކަމާއި އެކުގައެވެ. والله أعلم

 

 

 

މިއަދު އޮންލައިން