އެންމެ ހެޔޮކަންބޮޑީ ކިތަންމެ ކުޑަ ނަމަވެސް އަބަދުވެސް ކުރަމުން ގެންދާ އަމަލުތަކެވެ. ހެޔޮ ޢަމަލުކުރުމުގައި ޘާބިތުވާށެވެ! މާނައަކީ އެކަމެއްކުރުމުގައި ދެމިހުންނަ ޢަމަލުތަކެވެ.
ހަމައެފަދައިން ބައިވެރިޔާއަށް ކޮށްދޭ ކަންކަންވެސް ފަރުވާކުޑަނުކޮށް ޤަވާއިދުންކޮށްދޭނަމަ އެއީ ކިތަންމެ ކުޑަކަމެއް ނަމަވެސް އެކަމުގެ އަގު ދުވަހެއް ދުވަހަކަށް ދާނީ ބޮޑުވަމުންނެވެ. ދެމަފިރިންގެ ގުޅުން ބަދަހިވެ އުފާވެރިކަން ދާނީ އިތުރުވަމުންނެވެ.
ނިކަން ވިސްނައިލަބަލާށެވެ! ޙަޔާތުގެ ވަގުތުތައް ބޭކާރުކުރަމުން ތިއަގެންދަނީ ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެ އެހެން މީހުންގެ ކަންކަމާއި ބެހި ވާހަކަ ދެއްކުމުގައެވެ. އެންމެ ފަހު ވަގުތު މަރުމަތިގައި މަސައްކަތްކުރަންޖެހޭނީ ޝަހާދަތް ކިޔުމަށެވެ. ޝަހާދަތް ކިޔޭނީ ވީހައި ގިނައިން ﷲ ހަނދުމަކޮށް ޛިކުރުކުރުމުންނެވެ.
ކިތަންމެ ކުޑަ ހުސްވަޤުތުކޮޅެއް ލިބުނަސް ކިތަންމެ ކުޑަ ހެޔޮ ޢަމަލެއް ނަމަވެސް ކުރަމުން ގެންދިއުމަށް މިބުނަނީ އެހެންވެގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން