ދިރިއުޅުމުގެ ކަންކަން ކާމިޔާބުކޮށް ކުރިއަރުވަން އެދޭ މީހާ ފުރަތަމަ ކަމަކަށް އެންމެ ގާތް މީހުންގެ އެސްފީނާ އާ ޙަސަދައަށް ބިރުވެތިވެ ސަމާލުވާންޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދިރިއުޅުމުގެ ކަންކަން ކާމިޔާބުކޮށް ކުރިއަރުވަން އެދޭ މީހާ ފުރަތަމަ ކަމަކަށް އެންމެ ގާތް މީހުންގެ އެސްފީނާ އާ ޙަސަދައަށް ބިރުވެތިވެ ސަމާލުވާންޖެހޭނެ!: މުފްތީ މެންކް

ވިސްނާށެވެ! ވަށައިގެން އެނބުރޭ ކޮންމެ މީހަކީ ތިބާއަށް ހިތްހެޔޮ، ތިބާ ކުރިއަރައިދާން އެދޭނެ މީހެއް ނޫނެވެ. އެމީހުންގެ ތެރޭގައި ގިނަވާނީ ތިބާ ކުރިއަރައިދާނަމަ އެކަމަށް ހަސަދަވެރިވާނެ މީހުންނެވެ. އެބައެއްގެ ސަބަބުން އެސްފީނާ ލިބިގެންދާނެ މީޙުންނެވެ.

އެއީ މާބޮޑު ސަބަބެއް އޮވެގެން އޮވެގެނެއްވެސް ނޫނެވެ. އަނެކާއަށް މޮޅުގޮތެއް ވުމަށް ނުއެދެވޭތީއެވެ. ހުރިހާ ރަޙްމަތެއްވެސް ލިބެންޖެހޭނީ ތިމާއަށް ކަމަށް ޤަބޫލުކުރެވޭތީއެވެ. އެންމެ ތަނަވަސް އެންމެ އުފަލުގައި އުޅެންޖެހޭނެ މީހަކީ ތިމާކަމަށް ޤަބޫލުކުރެވޭތީއެވެ.

ވީމާ އެފަދަ މީހުންގެ ކިބައިން ސަލާމަތްވެތިބުމަށް ދެކަމަކަށް ސަމާލުކަންދޭންޖެހޭނެއެވެ. ފުރަތަމަ ކަމަކީ ތިމާއަށް މިންވަރުކުރައްވަވާ ނިޢްމަތްތަކާއި، އަދި ތިމާ އެކަންކަމަށް އެދި ދުޢާކުރަމުން ގެންދާ ކަންކަމުގެ ވާހަކަ އެންމެންނާއި ޙިއްޞާ ނުކުރުމެވެ.

ދެވަނަ ކަމަކީ ހެނދުނާއި ހަވީރުގެ ޛިކުރުތައް ކުރުމުގައި ސާބިތުވުމެވެ. ރައްކައުތެރިކަން ލިބުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އަބަދުވެސް އެކަމަށް އެދި ދުޢާކުރަމުން ގެންދިއުމެވެ.

އަހަރެމެން ކޮންމެ މީހަކީވެސް ކުރިއަރައިދާން އެދޭ މީހެކެވެ. ވަކި ކަމެއްގައެއް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައެވެ. އަދި އާޚިރަތް ކާމިޔާބުކުރުމުގައިވެސްމެއެވެ. ކޮންމެ މީހަކީވެސް ދުނިޔަވީ ގޮތުންނާއި އާޚިރަތުގައިވެސް ކުރިއަރައިދާން ބޭނުންވާނެ މީހެކެވެ. އަދި އަހަރެމެން ކޮންމެ މީހެއްގެ ވަށައިގެންވެސް އެމީހެއްގެ ފެންވަރުން ގިނަ ބައަކުވެސް އެނބުރޭނެއެވެ. ވީމާ މި ބުނި ކަންކަމަށް ސަމާލުކަންދޭށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން