ކޮންމެ ދުވަހަކުވެސް އިރު އަރަނީ ﷲ ގެ ޙަޟްރަތުން ހުއްދަލިބިގެން ކަމަށްވާއިރު އަހަރެމެން ﷲ ހުއްދަ ނުކުރައްވަވާ ކަންކަން ކުރަން ހެޔޮވާނީ ކިހިނަކުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކޮންމެ ދުވަހަކުވެސް އިރު އަރަނީ ﷲ ގެ ޙަޟްރަތުން ހުއްދަލިބިގެން ކަމަށްވާއިރު އަހަރެމެން ﷲ ހުއްދަ ނުކުރައްވަވާ ކަންކަން ކުރަން ހެޔޮވާނީ ކިހިނަކުންތަ؟

"ދުވަހަކަށްވުރެ ދުވަހެއްގެ ނުބައިކަން ބޮޑުވާނެ ކަމަށް ހޭލުންތެރި ނުވެ ނަރަކައިން މިންޖެއް ނުވެވޭނެ" ކަމަށް ބުނުމުން ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އެ ދައްކަނީ ދުވަސް ނުބައިވުމުގެ ވާހަކަ ކަމަށާއި އެއްވެސް ދުވަހެއް ނުބައިވުމަކީ ނުވާނެ ކަމެއް ކަމަށެވެ.

ކޮންމެ ދުވަހަކީވެސް އިރު ﷲ ތަޢާލާގެ ޙަޟްރަތުން ހުއްދަ ހޯދައި ހުއްދަލިބިގެން އަރާ އެރުމެއް ކަމަށާއި ވީމާ އެއްވެސް ދުވަހަކީ ނުބައި ދުވަހަކަށް ނުވާނެ ކަމަށެވެ. އަދި މިކަމުން ޙާޞިލުކުރަންޖެހޭ އެންމެ ބޮޑު ޢިބްރަތަކީ ކޮންމެ ދުވަހަކުވެސް އަހަރެމެން ކުރަންވާނީ ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންކަންކަމެވެ.

މީސްތަކުންނޭވެ! ދުވަހަކަށްވުރެ ދުވަހެއްގެ ނުބައިކަން ބޮޑުވާނެ ކަމަށް ބުނެވޭ ބަހުގެ މާނައަކީ ދުވަސް ނުބައިވުމެއް ނޫނެވެ. ދުނިޔޭގައި އުޅޭ މީހުންގެ ނުބައިކަން ދުވަހަކަށްވުރެ ދުވަހެއް ބޮޑުވެ އިތުރުވާނެ ކަމެވެ.

މިއަދު އަހަރެމެން ތަޖުރިބާ ކުރަމުން މިގެންދަނީ ފަހުޒަމާނުގެ ދުވަސްތަކެވެ. ރަސޫލްބޭކަލުންގެ ޒަމާންތަކުގައިވެސް ޖާހިލުން އުޅުނެވެ. ރަސޫލް ބޭކަލުންގެ ގޮވައިލެއްވެވުންތަކަށް އިޖާބަ ނުދީ ފުރައްސާރަކޮށް ހަޖޫ ޖަހައި އުޅުނެވެ. މިއަދަކީ މާފަހެވެ.

އެންމެފަހުގެ ރަސޫލް ﷺ ދުނިޔެ ދޫކުރެއްވެވިތާވެސް 1400 އަހަރު ފާއިތުވީ އެވެ. ދުވަހުން ބަލާނަމަ 511000 ދުވަހަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ދިއައީ އެވެ. ކޮންމެ ދުވަހަކު ނުބައިކަން އިތުރުވަމުން އަންނައިރު މީގެ 1400 އަހަރު ކުރިއާއި މިހާރާއި މެދު ނިކަން ވިސްނައިލަބަލާށެވެ.

އަދި ހަމައެއާއިއެކު އެއިގެ މާކުރިއަށްވެސް ބަލައިލަން އެބަޖެހެއެވެ. ނޫޙުގެފާނުގެ ޤައުމުގެ މީހުންގެ ތެރެއން އީމާންވި މަދު މީސްކޮޅު ސަލާމަތްކުރެއްވެވި ނަމަވެސް އީމާން ނުވި މީހުން ޣަރަޤު ކުރެއްވެވި ހިސާބަށެވެ.

ނޫޙްގެފާނުގެ ޤައުމުގެ މީހުން އީމާން ނުވުމުން ކުރިމަތިކުރެއްވެވި ޙާލަތު މިއަދު ހަމަ އަޅުގަނޑުމެންނަށް ވެސް ކުރިމަތި ކުރެއްވެވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. ކުރިމަތިނުކުރައްވަވާކަން އެއީ އެކަލާނގެ ދީލަތިވަންތަކަމުގެ ބޮޑުކަމެވެ. ޒަމާނުގެ ބޮލުގައި ކަންކަން އަޅުވަން ނުތިބެ އަމިއްލަ ބޮލުގައި އަޅައި ކަންކަން އިޞްލާޙްކުރަމާހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން