ރެޑްވޭވްގެ ފިހާރަތަކަށް ވަދެ ތަކެތި ވިއްކާ އަގުތައް ކަސްޓަމަރުން ރަނގަޅަށް ބަލައިފިނަމަ ޖީއެސްޓީ ބޮޑުވިތަނެއް ރެޑްވޭވްގެ ފިހާރަތަކަކުން ނުފެންނާނެކަމަށް ރެޑްވޭވްގްރޫޕުގެ ޗެއާމަން އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

"އަޅުގަނޑުމެން އަގުތައް ކަނޑައަޅަމުން މިގެންދަނީ ޓެކްސްތައް ނެގުމުން ރައްޔިތުންގެ ޖީބުތަކަށް ބުރަބޮޑުވެގެންދާނެކަން ވަރަށް ބޮޑަށް ވިސްނައި އެކަމަށް ސަމާލުކަންދީގެން! އެހެންވެ އަޅުގަނޑުމެންގެ އަގުތަކަށް ރަނގަޅަށް ބެއްލެވީމާ އެނގިވަޑައިގަންނަވާނެ ޖީއެސްޓީ ބޮޑުކުރިނަމަވެސް މުދަލުގެ އަގު އުފުލިފަ ނުވާކަން."
"ދެން ތިއަ ބޭފުޅުން ނިކަން ބައްލަވަ! ސަރުކާރުން ވަރަށް ލުއި ގޮތްތަކަކަށް ، ހިލޭކަހަލަ ގޮތަކަށް އެސްޓީއޯއަށް ބިންތައް ދީފައި އެހެރީ. އެކަމަކުވެސް މައިލޯ 1.5 ގެ ދަޅެއް އެވިއްކަނީ 255 ރުފިޔާއަށް! ރެޑްވޭވްގެ ފިހާރަތަކުން މިވިއްކަނީ 205 ރުފިތޔާއަށް."

"ވީމާ ކަސްޓަމަރުން ތަކެތި ގަންނައިރު އަގުގެ ތަފާތަށް ބެލީމާ އެނގޭނީ. ޖުމުލަ ބުނީމާ އަގުތަކަށް ބަލާނުލައި ބިލް ދއްކާނަމަ މިފަދަ ަކްނކަމެއް ނުއެނގޭނެ. އެހެންވެ އަޅުގަނޑު އެންމެންނަށްވެސް އިލްތިމާސް މިކުރަނީ ފިހާރަތަކުން އެއްޗެތި ގަންނައިރު އަގުތަކަށް ރަނގަޅަށް ބަލައިގެންނަން."
އަޙްމަދު ސަލީމް ވިދާޅުވީ އަގުތަކަށް ބަލައިގެން ތަކެތި ގަންނަނަމަ އާންމުގޮތެއްގައި ހުރިހާ ބާވަތެއްގެ އަގުތައްވެސް ބޮޑުތަނުން ރެޑްވޭވްގެ ފިހާރަތަކުގައި ހެޔޮކަން ފާހަގަކުރެވިގެންދާނެ ކަމަށެވެ.