ތިބާ އެދޭ ކޮންމެ ކަމެއް ވަޤުތުން ޙާޞިލުކުރެވޭނެކަން ޔަޤީންވާނަމަ އެފުރުޞަތު ހޯދަން ތިބާ ނުކުރާނެ އެއްވެސް ކަމެއް އޮންނާނެހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ތިބާ އެދޭ ކޮންމެ ކަމެއް ވަޤުތުން ޙާޞިލުކުރެވޭނެކަން ޔަޤީންވާނަމަ އެފުރުޞަތު ހޯދަން ތިބާ ނުކުރާނެ އެއްވެސް ކަމެއް އޮންނާނެހެއްޔެވެ؟

ހުކުރު ދުވަހާއި ގުޅުވައިގެން މިވާހަކަތައް ވަރަށް ގިނައިން ހަނދާންކޮށްލައި ދެމެވެ. އެހެނީ ދީނަކީ ނަބޭޙަތެވެ. ނަޞޭޙަތުގެ ދެވަނަ މާނައަކީ ހަނދާންކޮށްދިނުމެވެ. ކޮންކަމަކަށް ހެއްޔެވެ؟ ފައިދާހުރި ހެޔޮ ކަންކަން ނޫނީ ނުކުރުމަށާއި ގެއްލުންހުރި ނުބައި ޢަމަލުތައް އެއްގޮތަކަށްވެސް ނުކުރުމަށެވެ. 

އެހެންކަމަށްވާއިރު މިރޭ މިކޮށްލަނީ ސުވާލެކެވެ. އެ ސުވާލަކީ ތިބާ އެދޭ ކޮންމެ ކަމެއް ވަޤުތުން ޙާޞިލުކުރެވޭނެކަން ޔަޤީންވާނަމަ އެފުރުޞަތު ހޯދަން ތިބާ ނުކުރާނެ އެއްވެސް ކަމެއް އޮންނާނެހެއްޔެވެ؟ ކުރެވެން އޮތް އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާނަން ހެއްޔެވެ؟ 

ބުއްދި ސަލާމަތުން ހުރި މީހަކު ނަމަ އެފުރުޞަތު ނަގައެއް ނުލާނެއެވެ. ކިތަންމެ ބުރަ މަސައްކަތެއްކޮށްގެންވެސް އެ ފުރުޞަތު ހޯދަން މަސައްކަތްކުރާނެއެވެ. ނުކުރަންވީ ކީއްވެގެންހެއްޔެވެ؟ ދުނިޔޭގެ އެންމެ ަތނަވަސްމީހާ ކަމުގައިވުމަށް ނަމަވެސް ސުވަރޫގޭގެ އެންމެ މަތިން ޖާގައެއް ބޭނުންވެގެންނަމަވެސް ، ދަރިއަކު ނުލިބޭތީ ދަރިއަކަށް އެދިގެންނަމަވެސް ކިތަންމެ ބޮޑު ބަލިމަޑުކަމަކުން ޝިފާލިބުން އެދިގެން ނަމަވެސް މިހެންގޮސް އެމީހަކު އެދުނު ކޮންމެ ކަމެއް އެމީހަކަށް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

ކޮންމެ މީހަކުވެސް ދައްކާނީ ނުފުދި އެތައް ބައިވަރު ބޭނުންތަކެއް ހުރިކަމުގެ ވާހަކައެވެ. އެކަމަކުވެސް އެދޭ ކޮންމެ ކަމެއް ޙާޞިލުކުރެވޭނެ ޔަޤީންމަގު ފެންނަންއޮތްއިރު އެކަމަށް އެދިގެން މަސައްކަތްކުރަނީ ކިތައްމީހުން ހެއްޔެވެ؟ 

ކޮންމެ މަހަކު 4 ހުކުރު ބައްދަލުކުރެއެވެ. ކޮންމެ ހަފްތާއަކު 1 ދުވަހު ބައްދަލުކުރެއެވެ. މިއަދަކީވެސް ހުކުރު ދުވަހެކެވެ. ކޮންމެ ހުކުރު ދުވަހެއްގައި ހިމެނިގެންވާ އެންމެ ބޮޑު ޖަވާހިރަކީ ކޮންމެ ހުކުރު ދުވަހެއްގެ ދުވާލުގެ ވަގުތުތަކުގެ ތެރޭގައި ހިމެނިގެންވާ އެންމެ އަގުހުރި ވަގުތުކޮޅެވެ. 

އެވަގުތުކޮޅުގައި ﷲ ތައާލާގެ އަޅަކު އެބަހީ ކޮންމެ މީހަކުނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ކޮންމެ ކަމަކަށް އެދި ދެންނެވި ނަމަވެސް ﷲ ތަޢާލާ އެކަމެއް އެމީހަކަށް  ހިންމަވައި ދެއްވަވާނެތެވެ. އެއީ އެއްވެސް ޝައްކެއް ކުރަން އޮތް ކަމެއް ނޫނެވެ. 

ދުޢާ އިޖާބަ ކުރެއްވެވިގެންވާ އެވަގުތުކޮޅު ހުކުރު ދުވަހުގައިވާކަން ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގޭއިރު ހުކުރު ދުވަހަކީ ވީހައި ގިނައިން ދުޢާކުރާ ދުވަހަކަށް ހަދާށެވެ! އެމީހަކަށް އެންމެ ބޭނުން ބޮޑުވެފައިވާ ކަންކަމަށް އެދި ދުޢާ ކުރަމުން ގެންދާށެވެ. އެ ވަގުތުކޮޅާއި ދުޢާކުރާ ވަގުތާއި ދިމާކުރެވިއްޖެ ނަމަ ހަމަ ވަގުތުން އެމީހާގެ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވާނެތެވެ. 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން